ads
ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން-- ފޮޓޯ: މަޖިލިސް
އީސީގެ މެމްބަރުކަމަށް ޑރ. ޒާހިރު އައްޔަން ކުރަން ކޮމިޓީން ރުހުން ދީފި
އިލެކްޝަން ކޮމިޝަނުން ހުސްވެފައިވާ މެމްބަރުކަމުގެ މަގާމަށް ޑރ. މުހައްމަދު ޒާހިރު އައްޔަން ކުރުމަށް ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ރުހުން ދީފިއެވެ.

ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ޑރ. ޒާހިރު އިލެކްޝަން ކޮމިޝަންގެ މެމްބަރުކަމުގެ މަގާމަށް އައްޔަން ކުރުމަށް ރުހުން ދީފައިވަނީ އިއްޔެ ބޭއްވި އެ ކޮމެޓީގެ ބައްދަލުވުމުގައި ނުވަ މެމްބަރުންގެ ވޯޓާއެކު އެވެ.

އީސީގެ ހުސްވެފައިވާ މެމްބަރުކަމުގެ މަގާމަށް ޑރ. ޒާހިރު އައްޔަން ކުރެއްވުމަށް އޭނާގެ ނަން ފޮނުއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާއަށެވެ. އެގޮތުން ޑރ. ޒާހިރުގެ ނަން ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީއަށް ފޮނުއްވާފައި ވަނީ އެ ޖަލްސާގައެވެ.

އީސީގެ މެމްބަރުކަމުގެ މަގާމު ހުސްވެގެންދިޔައީ އެކޮމިޝަންގެ ނައިބު ރައީސްކަމުގައި ކުރިން ހުންނެވި އަހުމަދު އަކްރަމް އެ ކޮމިޝަނުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. އަކްރަމް މަގާމުން އިސްތިއުފާ ދެއްވީ އީސީ މުވައްޒަފުންތަކެއް އޭނާގެ މައްޗަށް ތުހުމަތުތަކެއް ކޮށް، މަޖިލީހަށް ހުށަހެޅި މައްސަލައެއް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބަލަން ފަށާފައިވާ ދަނޑިވަޅެއްގައެވެ.

އިލެކްޝަންސް ކޮމިޝަން އެކުލެވިގެން ވަނީ ފަސް މެންބަރުންގެ މައްޗަށެވެ. އަދި އިލެޝަން ކޮމިޝަންގެ ގާނޫނު ބުނާގޮތުން، އެ ކޮމިޝަނުގެ މެންބަރުކަމުގެ މަގާމެއް ހުސްވާތާ 60 ދުވަހުގެ ތެރޭގައި އެ މަގާމަށް މީހަކު އައްޔަން ކުރަން ޖެހެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް