ads
އައްޑޫ ސިޓީ
އައްޑޫ ކުލަސްޓާ: ޕޮޒިޓިވްވި މީހުންގެ އަދަދު 55 އަރައިފި
އައްޑޫ ސިޓީން ކޮވިޑް 19އަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު 55 އަރައިފި އެވެ.

އައްޑޫ އިމާޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނިގޮގައި އައްޑޫގައި ކޮވިޑް ދެ ކްލަސްޓާއެއް ހިމެނޭކަމަށާއި އެއީ ހުޅުމީދޫ އެމްޓީސީސީ ސައިޓުގެ ކުލަސްޓާއާއި އޭވިއޭޝަން ކްލަސްޓާ ކަމަށް ވެސް އައްޑޫ އިމާޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެ އެވެ.

ހުޅުމީދޫ އެމްޓީސީސީ ސައިޓުގެ ކްލަސްޓާގައި މިހާތަނަށް 26 މީހުން ޕޮޒިޓިވްވެފައި ވާއިރު އޭވިއޭޝަން ކްލަސްޓާގައި 28 މީހަކު މިހާތަނަށް ފޮޒިޓިވްވެފައި ކަމަށް ވެސް އެ ސެންޓަރުން ބުނެ އެވެ.

އިމާޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނިގޮތުގައި އޭވިއޭޝަން ކްލަސްޓާ އާ ގުޅުން ހުރި 310 މީހުން މިހާތަނަށް އައްޑޫ ސިޓީން ފާހަގަ ކުރެވިފައިވެ އެވެ.

މީގެ އިތުރުން ހުޅުމީދޫ އެމްޓީސީސީ ކްލަސްޓާ އާ ގުޅުން ހުރި، އެކަކަށް ހިތަދޫގައި ފަރުވާ ދެމުންދާ ކަމަށްވެސް އެސެންޓަރުން ވަނީ ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް