ads
ލަމްސް ކިޗަންގެ ޓީޒާ
"ލަމްސް ކިޗަން" މީޑިއާނެޓަށް!
ރާއްޖޭގެ މަޝްހޫރު ލަވަކިއުން ތެރިޔާ ލަމްހާ ލަތީފް (ލަމް) ގެ ހާއްސަ ޝޯ "ލަމްސް ކިޗަން" މީޑިއާނެޓުން ވަރަށް އަވަހަށް ޕްރިމިއާ ކުރާނެކަމަށް ބުނެފިއެވެ.

ލަމްގެ އެ ހާއްސަ ޝޯއަކީ މީޑިއާނެޓްގެ "މަލްޓި ސްކްރީން" އިން ދައްކާ ޕޮރޮގްރާމެކެވެ. އެހެންކަމުން ކޮންމެތަނެއްގައި ކޮންމެ ވަގުތެއްގައި ވެސް އެ ޝޯތަކާއި، ޓީވީ ޗެނަލްތަކުގެ އިތުރުން ލޯކަލް ޝޯތަކާއި ފިލްމުތައް އެ ޕްލެޓް ފޯމުން ބަލައިލެވޭނެއެވެ. 

"ލަމްސް ކިޗަން" އަކީ ރާއްޖޭގެ  މަޝްހޫރު ތަރިން ބައިވެރިވާ ޝޯއެކެވެ. މި ޝޯގައި ޖުމްލަ 12 އެޕިސޯޓް ހިމެނޭއިރުގައި ކޮންމެ އެޕިސޯޑެއްގައި ދެ ތަރިން ބައިވެރިވާނެއެވެ.

ދެތަރިންނާ ވެސް ކޮންމެ ވެސް އެއްޗެއް ކައްކަން ހަވާލުކުރާނެއެވެ. އަދި އެ ޓާސްކުގެ ތެރެއިން އެ ތަރިންގެ ދިއުޅުމުގެ ވާހަތައް ދައްކާނެއެވެ. 

ލަމްސް ކިޗަންއިން ފެނިގެންދާނެ ބައެއް މަޝްހޫރު ތަރިންތަކުގެ ތެރޭގަ އަބްދުﷲ މުއާޒު، ރަވީ ފާރޫގް، މަރިޔަމް އައްޒަ، ޝައްމޫން، މަރިޔަމް މައީޝާ، އިބްރާހިމް ޒައިދް އަލީގެ އިތުރުން ރާއްޖޭގެ ގިނަ މަޝްހޫރު ތަރިން ފެންނާނެއެވެ. 

މި ޝޯ މީޑިޔާނެޓްގެ މަލްޓި ސްރީން އެޕް އިން ބަލާލެވޭނެ އެވެ.

 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް