ads
ރައްޔިތުންގެ މަޖިލިސް ފޮޓޯ: މަޖިލިސް
ނަފްސާނީ ސިއްހަތުގެ ބިލާއެކު ސަރުކާރުން މިއަހަރު 33 ބިލެއް ހުށަހަޅަނީ
ނަފްސާނީ ސިއްހަތުގެ ބިލާއެކު ސަރުކާރުގެ ފަރާތުން މަޖިލީހުގެ ފުރަތަމަ ދައުރުގައި ޖުމުލަ 33 ބިލެއް ހުށަހަޅާނެ ކަމަށް އެޓާނީ ޖެނެރަލް އޮފީހުން ބުނެފި އެވެ.

އޭޖީ އޮފީހުން ވަނީ ރައްޔިތުން މަޖިލީހުގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގައި ސަރުކާރުގެ ފަރާތުން ހުށަހެޅުމަށް ނިންމާފައިވާ މި 33 ބިލުގެ ލިސްޓު އާންމު ކޮށްފައެވެ.

އެގޮތުން ފާހަގަ ކުރެވޭ ބިލުތަކުގެ ތެރޭ ނަފްސާނީ ސިއްހަތުގެ ބިލު އަދި ކޮވިޑް ވެކްސިން ދިނުމާ ގުޅޭ އުސޫލުތައް ކަނޑައަޅާ ބިލު ހިމެނެއެވެ. މީގެ އިތުރުން މީޑިއާ އެންޑް ބްރޯޑްކާސްޓިންގް އޮތޯރިޓީގެ ބިލެއް ހުށަހެޅުމަށްވެސް އޭޖީން ވަނީ ނިންމާފައެވެ.

ސަރުކާރުގެ ފަރާތުން ހުށަހެޅުމަށް ނިންމާފައިވާ ބިލު ތަކަކީ؛

  1. ކޮވިޑް ވެކްސިން ދިނުމާ ގުޅޭ އުސޫލުތައް ކަނޑައަޅާ ބިލު
  2. އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  3. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  4. ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  5. ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާއި ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  6. އެކިއެކި ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕް ޖެހުމުގެ ގާނޫނު އުވާލުމުގެ ބިލު
  7. މޯލްޑިވްސް ޓްރާސްޕޯޓް އޮތޯރިޓީގެ ގާނޫނު އުވާލުމުގެ ބިލު
  8. އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  9. ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  10. ކާބޯތަަކެތީގެ ރައްކާތެރިކަމުގެ ބިލު
  11. ވިހެއުމާއި މަރުވުން ރަޖިސްޓްރީ ކުރުމުގެ ބިލު
  12. ދިރޭ ޖަނަވާރުގެ ރައްކާތެރިކަމުގެ ބިލު
  13. އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލު
  14. ގިންތި ކުރުމުގެ ބިލު
  15. ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  16. ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  17. ހެއްކާބެހޭ ބިލު
  18. ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބިލު
  19. ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  20. އިންތިގާލީ އިންސާފުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  21. މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން އޮތޯރިޓީގެ ބިލު
  22. ފޮރިން އިންވެސްޓްމަންޓްގެ ބިލު
  23. ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  24. އިލެކްޓްރޯނިކް މުއާމަލާތްތަކާ ބެހޭ ބިލު
  25. ނެތިދިއުމުގެ ބިރު ހީވެފައިވާ ދިރޭތަކެތީގެ ވިޔަފާރި ކުރުމުގެ ބިލު
  26. ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  27. ގަލާއި ވެއްޔާއި އަކިރި ނެގުމާބެހޭ ބިލު
  28. ނަފްސާނީ ސިއްހަތުގެ ބިލު
  29. ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  30. މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  31. ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  32. ދިވެހިރާއްޖޭގެ ކުޅިވަރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  33. ކެމިކަލް ހަތިޔާރު މަނާކުރުމުގެ ބިލު

ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބާއްވާފައިވަނީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުއެވެ. އެއާއެކު މި ހަފްތާގައި މަޖިލީހުގެ ރަސްމީ ޖަލްސާތައް ބޭއްވުމަށް ވަނީ ފަށާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް