ads
ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ-- ފޮޓޯ:ޕީއެސްއެމް
ޖިންސީ ގޯނާގެ މައްސަލަތައް ބަލަން ހަރުދަނާ އިޖުރާއަތްތަކެއް ގާއިމް ކުރަން ޖެހޭ
ޖިންސީ ގޯނާގެ މައްސަލަތައް ބަލައި ހިންގޭނެ އިޖުރާއަތްތަކެއް ގާއިމްކުރަން ޖެހޭ ކަމަށް ޖެންޑާ މިނިސްޓާ އައިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ޖިންސީ ގޯނާގެ ދައުވާ އުފުލިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފައިވާ މައްސަލަ ފެންމަތިވެފައި ވަނިކޮށް ޖެންޑާ މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖިންސީ ފުރައްސާރައިގެ ޝިކާރައަކަށްވާ ފަރާތްތަކާ އަދި އެ ފަދަ މައްސަލައެއްގައި ތުހުމަތުކުރެވޭ ފަރާތްތަކާމެދު އިންސާފު ގާއިމުކުރުމުގެ މައިގަނޑު އަސާސަކީ ވަކިފަރާތަކަށް ނުޖެހި، ދެގޮތެއްނުވެ އެފަދަ މައްސަލަތައް ބެލުން ކަމަށެވެ.

އަދި ހަރުދަނާގޮތެއްގައި އެ ފަދަ މައްސަލަތައް ބަލައި ހިންގޭނެ އިޖުރާއަތުތަކެއް ގާއިމް ކުރުން ކަމަށް ވެސް ޖެންޑާ މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ޖިންސީ ގޯނާގެ ދައުވާ އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރާވަޑައިގެން މައްސަލަ ކުރީގެ ޖެންޑާ މިނިސްޓަރު އަނިސާ އަހްމަދު ވެސް ވަނީ ކުއްވެރި ކުރައްވާފަ އެވެ.

އެކަމަނާ ވިދާޅުވެފައި ވަނީ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވަނިކޮށް އެމީހާއަށް ކުރިން ހިމާޔަތްދީފައިވާ ގައުމަކަށް ދިއުމަށް ހުއްދަދިނުމަކީ މިބާވަތުގެ މައްސަލަތައް ރިޕޯޓުކުރުމަށް އެޅުނުބޮޑުހުރަހެއް ކަމަށާއި ރިޕޯޓުކުރުމަށް ފަސްޖެހެނީވެސް މުއަައްސަސާތަކުން ސީރިއަސްކޮށް އެފަދަ މައްސަލަތައް ނުނަގާތީ ކަމަށެވެ.  

މީގެ އިތުރުން އަލީ ވަހީދު ބޭރަށް ފުރުވާލުމުގައި ޕްރޮސިކިއުޓަރ ޖެނެރަލް އަމަލުކުރައްވާފައިވަނީ ރަނގަޅަށްތޯ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ބަލައިދޭން ރައްޔިތުންގެ މަޖިލީހުގެ އަންހެން މެމްބަރުންތަކެއް ވެސް ވަނީ އެދިވަޑައިގެންފައެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް