ads
އައްޑޫ ސިޓީ
ލައިސަންސު ނެތި ދުއްވި ދެ ސައިކަލު އެކްސިޑެންޓްވެއްޖެ
އައްޑޫ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

ފުލުހުން ބުނީ އައްޑޫ ސިޓީގެ ހިތަދޫގެ ބޮޑު މަގުގައި ދުއްވި ދެ ސައިކަލެއް އޯވަޓޭކް ކުރަން އުޅުމުގެ ތެރޭގައި ޖެހި އެކްސިޑެނޓްވެފަައިވާ ކަމަށާއި އެ އެކްސިޑެންޓްގެ ހަބަރު ފުލުހަށް ލިބުނީ މިއަދު މެންދުރު 11:30 އެހާކަންހާއިރު ކަމަށެވެ.

އަދި ހިތަދޫގެ އެކްސިޑެންޓުގައި އަނިޔާވީ ތިން މީހުންނަށް ކަމަށާއި އޭގެ ތެރެއިން ސައިކަލް ދުއްވަން އިން ބަންގްލާދޭޝްގެ ފިރިހެނަކާއި އަނެއް ސައިކަލްގައި ތިބި ދިވެހި ފިރިހެނަކާއި އަންހެނެކަށެވެ.

މި ދެ ސައިކަލް ވެސް ދުއްވާފައި ވަނީ ލައިސަންސް ނެތް މީހުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް