ads
އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރާ ބިދޭސީންތަކެއް-- ފޮޓޯ: އެމްޕީއެލް
ވޯކް ޕާމިޓް ދޫކުރާ އުސޫލަށް ބަދަލު ގެނެސްފި
ރާއްޖޭގައި ބިދޭސިން ވަޒީފާ އަދާކުރުމާ ބެހޭ ގަވައިދަށް ބަދަލު ގެނައުމާ ގުޅިގެން މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ވޯކް ޕާމިޓް ދޫކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީ އިން ބުނެފި އެވެ.

އިކޮނޮމިކް މިނިސްޓްރީ އިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ ގަވައިދުގެ ދަށުން ވޯކް ޕާމިޓު ދޫކުރާނީ، މިނިސްޓްރީން ބިދޭސީންގެ ވެރިފިކޭޝަނެއް ފުރިހަމަ ކުރުމަށް ފަހު ކަމަށެވެ.

އަދި އެ ވެރިފިފިކޭޝަން ފުރިހަމަކުރުމުގެ އިންތިޒާމު، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ކުރަން ހަމަޖެހިފައިވާ ކަމަށް ވެސް އެ މިނިސްޓްރީ ވަނީ ބުނެފައެވެ.

މީގެ އިތުރުން ވެރިފިކޭޝަން ފުރިހަމަ ކުރުމަށް އެޕޮއިންޓްމެންޓު ހެދުމަށްފަހު، ވަޒީފާދޭ ފަރާތުން ނުވަތަ އެ ފަރާތުން އައްޔަންކުރާ އެހެން ފަރާތަކުން، ބިދޭސީން މިނިސްޓްރީއަށް ހާޒިރު ކުރަން ޖެހޭނެ ކަމަށްވެސް ބުނެފައިވެ އެވެ.

ހަމަ އެއާއުކު އެ އިއުލާނުގައި ވާގޮތުން ބިދޭސީން ރާއްޖެ އެތެރެވާ ދުވަހުން ފެށިގެން، ވޯކް ޕާމިޓް ހޯދުމަށް ކަނޑައެޅިފައިވާ މުއްދަތު ހަމަވަންދެން ކޮންމެ ދުވަހަކުވެސް ވެރިފިކޭޝަންގެެ ހިދުމަތް ހޯދަން ޖެހޭނެއެވެ. އަދި ވެރިފިކޭޝަން ކަންތައް ކުރިއަށް ގެންދާނީ، ބިދޭސީ މީހާގެ މައުލޫމާތައި ބަޔޯމެޓްރިކް ޑޭޓާ ބޭނުން ކޮށްގެން ކަމަށް ވެސް އެ އިއުލާނުގައި ވެއެވެ.

ރާއްޖޭގައި ބިދޭސިން ވަޒީފާ އަދާކުރުމުގެ ގަވައިދު ބުނާގޮތުން ބިދޭސިންނަށް ރާއްޖެގައި ވަޒީފާ އަދާކުރެވޭނީ އެކަމަށް ބޭނުންވާ ވޯކް ޕާމިޓު ހޯދުމަށް ފަހުއެވެ. އަދި ޕާމިޓު ދޫކުރާނީ، ވަޒީފާ އަދާކުރާ ބިދޭސީ މީހާ، ރާއްޖެ އައުމުގެ ކުރިން އަދި ރާއްޖެ އައުމަށްފަހު ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމުންނެވެ.

ވޯކް ޕާމިޓް އެންޓްރީގެ ދަށުން ބިދޭސީންް ރާއްޖެ އެތެރެވާ ތާރީހުން ފެށިގެން 15 ދުވަސް ތެރޭ، ވޯކް ޕާމިޓާއި ވޯކް ވިސާ ހޯދަން ޖެހެއެވެ. އަދި އެ މުއްދަތުގައި ވޯކް ޕާމިޓް ނުހައްދައިފިނަމަ ޖޫރިމަނާ އާއެކު ވޯކް ޕާމިޓް ފީގެ ގޮތުގައި މަހަކު 350 ރުފިޔާ ދައްކަން ޖެހޭއިރު، އާ ގަވައިދުގެ ދަށުން ވޯކް ވިސާ ދޫކުރަނީ ތިން ކެޓަގަރީ އަކަށެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް