ads
މާލެ މަގުމަތީ ފުލުހުން ޓްރެފިކް ބަލަހައްޓަނީ
މީޑިއާތަކުގެ މުވައްޒަފުންނަށް އުޅަނދު ދުއްވޭނެ: އެޗްއީއޯސީ
މާލޭ ސަރަހައްދުގައި އުޅަދު ދުއްވުން މަނާ ގަޑިތަކުގައި މީޑިއާގައި މަސައްކަތް ކުރާ ފަރާތްތަކަށް އުޅަނދު ދުއްވޭނެ ކަމަށް އެޗްއީ އޯސީން ބުނެފިއެވެ.

ނަމަވެސް މާލޭ ސަރަހައްދުގައި އުޅަދު ދުއްވުން މަނާ ގަޑިތަކުގައި ވަޒީފާގައި އުޅޭ ފަރާތްތަކައް އުޅަނދު ދުއްވޭނީ ވަޒީފާއަށް ގޮސް އައުމަށް އެކަނިކަމަށް ވެސް އެޗްއީއޯސީން މިއަދު ބުންޏެވެ. 

ސީއެންއެމްއަށް މައުލޫމާތު ދެމުން އެޗްއީއޯސީގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާލޭ ސަރައްދުގައި އުޅަދު ފަހަރު ދުއްވުން މަނާ ގަޑިތަކުގައި ވަޒީފާގައި އުޅޭ ފަރާތްތަކަށާއި މީޑިއާގެ ބޭފުޅުންނަށް އުޅަދު ފަހަރު ދުއްވޭނެ ކަމަށެވެ.

"ނަމަވެސް ގެޒެޓްގައި އާންމުކޮށްފައިވާ އިއުލާނުގައި ސިއްހީ ހިދުމަތް ދޭ އިދާރާތަކުގެ މުވައްޒަފުންނާއި، އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު ކަމަށް ބަޔާން ކޮށްފައި ވީނަމަ ވެސް ވަޒީފާއަށް ދާ ފަރާތްތަކާއި އަނބުރާ ގެއަށް އަންނަ ފަރާތްތައް ވެސް އިސްތިސްނާ ވާނެ،"

މީޑިއާތަކުގައި ހަރަކާތްތެރިވާ ފަރާތްތަކާއި އެ ފަރާތްތަކުގެ އުޅަނދު ތައް ވެސް ބޭނުންތަކުގައި ދުއްވޭނެކަމަށް ވެސް އެޗްއީއޯސީގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. 

އަދި ގަވާއިދަށް ގެނެވުނު ބަދަލާ ގުޅޭގޮތުން މިރޭ އެޗްއީއޯސީއިން ބާއްވާ ފްރެސްގައި އިތުރަށް މައުލޫމާތު ދެއްވާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް