ads
ފިލުހަކަށް އަނިޔާވެގެން ގެންދަނީ
އިދިކޮޅު އިހްތިޖާޖް: ފުލުހަކު ހޭނެތިއްޖެ!
އިދިކޮޅުން ބާއްވަމަުންދާ އިހްތިޖާޖްގެ ތެރެއިން ފުލުހަކު ހޭނެތިއްޖެ އެވެ

ކޮވިޑް-19 ކޮންޓްރޯޅް ކުރުމަޓަކައި އަޅަމުންދާ ހަރުކަށި ފިޔަވަޅުގެ ތެރެއިން މިއަދު އަނެއްކާވެސް ހައެއްގެ ފަހުން ވެހިކަލް ދުއްވުން މަނާކޮށްފައިވަނިކޮށް ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވަނީ “ފްލެޓް ކޮބާ؟” ގެ ނަމުގައި އިދިކޮޅުން މިއަދު ބޭއްވުމަށް ނިންމާފައިވާ ރިލޭ ފަށާފައެވެ. 

ފްލެޓް ގެއްލުން ފަރާތްތަކުގެ ހައްގުތައް ހޯދުމަށް އިދިކޮޅުން ކުރިއަށް ގެންދާ ހިނގާލުން އިހްތިޖާޖަކަށް ބަދަލުވެ ގިނަ އަދަދެއްގެ ފުލުހުން ދަނީ އެ އިހްތިޖާޖް ހުއްޓުވުމަށް މަސައްކަތް ކުރަމުންނެވެ. އެހެންނަމަވެސް އިހްތިޖާޖްގެ ބައިވެރިން ދަނީ ފުލުހުންގެ ސަފުތައް ފަޅާލާ އިހްތިޖާޖް ކުރިއަށް ގެންދިޔުމަށް މަސައްކަތް ކުރަމުންނެވެ. އޭގެ ތެރެއިން އިހްތިޖާޖްގެ ބައިވެރިންގެ އިތުރުން ފުލުހުންނަށް ވެސް ދަނީ އެކި ވަރުގެ އަނިޔާތައް ލިބެމުންނެވެ. އެގޮތުން ފުލުހުންގެ ސަފުޔތައް ފަޅާލާ އިހްތިޖާޖްގެ ބައިވެރިންނާއި ފުލުހުންނާއިމެދު ބައެއް ހަމަ ނުޖެހުންތައްވެސް ހިނގާފައިވާއިރު ފުލުހަކަށް ވަނީ މީގެ ތެރެއިން ވަރަށް ބޮޑަށް އަނިޔާވެ، ހޭނެތިފަކަމަށް މައުލޫމާތު ލިބެއެވެ. 

މިއަދުގެ އިހްތިޖާޖްގައި އެހެންދުވަސްތަކާއި ހިލާފަށް ގިނަ އަދަދެއްގެ ބައިވެރިން ބައިވެރިވެފައިވާކަން ފާހަގަކުރެވެއެވެ. އެގޮތުން މި އިހްތިޖާޖްގައި އިދިކޮޅު ކޯލިޝަންގެ އިސް ލީޑަރުންގެ އިތުރުން ގިނަ ބަޔަކު ވަނީ ބައިވެރިވެފައެވެ. އެހެންކަމުން އެޗްޕީއޭގެ ގައިޑްލައިންގައި ވާ ގޮތާއި ހިލާފަށް ގައިދުރުކަމެއްވެސް ބައިވެރިންގެ މެދުގައި ނެތް ކަން ފާހަގަކުރެވެއެވެ. 

އިދިކޮޅުގެ އިހްތިޖާޖް ފަށާއިގެން ކުރިއަށް ދާއިރު، ކޮވިޑް-19 ގެ ކޭސްތައް ވަނީ ބޮޑުތަނުން އިތުރުވެފައެވެ. އަދި އެޗްޕީއޭއިން ވަނީ ކޮވިޑްގެ ކޭސްތައް ދަށްވަމުން ނުދާތީ ކުރިން ދީފައިވާ ބޮޑެތި ލުއިތައްވެސް އަނބުރާ ނަގާފައެެވެ. އެގޮތުން ޖަލްސާތަކާއި ހަފްލާތައްވެސް ނުބޭއްވޭ ގޮތަށް އެޗްޕީއޭއިން މިހާރު ވަނީ އަނެއްކާވެސް ގައިޑްލައިނަށް ބަދަލުގެނެސް އިއުލާންކޮށްފައެވެ. އަދި މިއަދު ވަނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރި ކަމަށް ޓަކައި މާލެއާއި، ހުޅުމާލެއާއި، ވިލިމާލެއާއި، ތިލަފުށް ޓާއި، ގުޅީފަޅާއި، ހުޅުލޭގައި ހަވީރު 6:00 އިން ފެށިގެން ހެނދުނު 6:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކޮށްފައެވެ. 

އަދި އައްޑޫ ކޮވިޑް ކްލަސްޓާ ބޮޑުވަމުން ދިޔުމާއި ގުޅިގެން މާދަމާ އިން ފެށިގެން ފުވައްމުލަކު ސިޓީގައި ވެސް ކާފިއު ހިންގުމަށް ވަނީ ނިންމާފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމް ދެމެހެއްޓުމަށް ތާއީދުކޮށް ހައިކޯޓުން ހުކުމް ކުރުމާއި ގުޅިގެން އެކަން ބަލައިނުގަނެ ސީދާ ހަރަކާތަށް ނިކުތުމަށް ނިންމާ މިފަހަކުން އިދިކޮޅުން ދަނީ އެކި އެއްވުންތައް ބާއްވަމުންނެވެ. އަދި އެމުޒާހަރާތަކުގައި އިދިކޮޅު އެކި ލީޑަރުންނާއި ސަޕޯޓަރުން ވަނީ އެކި ފަހަރު މަތިން ހައްޔަރު ކޮށްފައެވެ.

މިއަދުގެ އިހްތިޖާޖްގައި އަދި މިހާތަނަަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.  

35%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް