ads
އެފްއޭއެމްގެ އެސްޖީ ޖަވާޒު އަދި އެޗްޕިއޭގެ ޑީޖޭ މައިމޫނާ
އެޗްޕީއޭގެ ތައްޔާރީތަކާ މެދު އެފްއޭއެމުން ސުވާލު އުފައްދައިފި
ކޮވިޑުގެ ހާލަތަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ ތައްޔާރުތޯ އެފްއޭއެމްގެ ސެކެއްޓްރީ ޖެނެރެލް ޙުސެއިން ޖަވާޒު ސުވާލު އުފައްދަވައިފިއެވެ. އެޗްޕީއޭގެ ތައްޔާރީތަކާ މެދު ޖަވާޒު ސުވާލު އުފެއްދެވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކެއްޓްރީ ހުސެއިން ޖަވާޒު، އެޗްޕީއޭގެ ތައްޔާރީތަކާ މެދު ސުވާލު މި އުފެއްދެވީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ދިވެހި ލީގުގެ ކުޅުން މެދު ކަނޑާލަން ޖެހުމުގެ ސަބަބުން އެފްއޭއެމާއި އަދި ކްލަބުތަކުން އެޗްޕީއޭއަށް ޕްރެޝަރު ކުރަމުންދާ ދަނޑިވަޅެއްގައެވެ.

މިދިޔަ ހަފުތާ ތެރޭ އެޗްޕީއޭއިން ނިއު ނޯމަލްގެ އުސޫލުތައް ހަރުކަށި ކުރުމާ އެކު ދިވެހި ލީގުގެ ކުޅުން މެދު ކަނޑާލަން ޖެހުނެވެ. އެއާއި އެފްއޭއެމުން އައީ އެޗްޕީއޭއަށް އެކި ގޮތްތޮތުން ޕްރެޝަރު ކުރަމުންނެވެ. އަދި އެންމެ ފަހުން ހުކުރު ދުވަހު މެންދުރު ފަހު އެފްއޭއެމްގެ ސެކެއްޓްރީ ޖެނެރަލް ހުސައިން ޖަވާޒު މިވަނީ އެޗްޕީއޭގެ ތައްޔާރީތަކާ މެދު ސުވާލު އުފައްދަވާފައެވެ.

އެޗްޕީއޭއިން ބުނީ ކޮވިޑުގެ އެންމެ ނުރައްކާ ރާޅު ކަމަށް. މި ކަމަށް އެ މީހުން ތައްޔާރުވިތޯ؟ މީގެ ހަ މަސް ދުވަސް ކުރިން އޯޑަރުކުރި ވެންޓިލޭޓަރުތައް ލިބިފައިވާނެ ކަމަށް އުއްމީދުކުރަން.

އެފްއޭއެމްގެ ސެކެއްޓްރީ ޖެނެރަލް ޖަވާޒު، އެޗްޕީއޭގެ ތައްޔާރީތަކާ މެދު ސުވާލު އުފެއްދެވިއިރު، އެއްވަނަ ޑިވިޝަނުގެ ބައެއް ކުޅުންތެރިންވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން އެނގިފައިވާ ކުޅުންތެރިންގެ ތެރޭގައި ޔުނައިޓެޑް ވިކްޓަރީގެ ތިން ކުޅުންތެރިއަކާ ވެލެންސިޔާގެ ކުޅުންތެރިއެއް ހިމެނެއެވެ. އޭނގެ އިތުރުން އެއްވަނަ ޑިވިޝަނުގެ ޓީމެއްގެ ދެ އޮފިޝަލަކާއި އެހެން ޓީމެއްގެ ކޯޗުވެސް އައިސޮލޭޓްކޮށްފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ޕޮޒިޓިވްވީ އެއްވެސް ކުޅުންތެރިއަކާ ގުޅޭ ގޮތުން އެފްއޭއެމުން މިހާތަނަށް އެއްވެސް ވާހަކައެއް ނުދައްކައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް