ads
ޓޯކިޔޯ އޮލިމްޕިކްސްގެ ޗީފު ޔޮޝީރޯ މޯރީ
ޕްރެޝަރު ބޮޑުވެ ޓޯކިޔޯ އޮލިމްޕިކްސްގެ ޗީފް އިސްތިއުފާ ދީފި
އަންހެނުންނަށް އިހާނެތިވާ ގޮތަށް ކުރި ކޮމެންޓަކާ އެކު ޕްރެޝަރު ބޮޑުވެ ޓޯކިޔޯ އޮލިމްޕިކްސްގެ ޗީފް ޔޮޝީރޯ މޯރީ އިސްތިއުފާ ދީފިއެވެ. މޯރީ އިސްތިއުފާ ދިނީ ހުކުރު ދުވަހުއެވެ.

މޯރީ އިސްތިއުފާ ދޭން މަޖުބޫރުވީ އަންހެނުންނަށް އިހާނެތިވާނެ ގޮތަކަށް މީޓިންއެއްފައި ވިދާޅުވި އެއްޗަކާ ގުޅިގެންނެވެ. އޭނާ ވިދާޅުވެފައިވަނީ އަންހެނުން މާ ގިނައިން ވާހަކަ ދައްކާ ކަމަށެވެ. އެހެން ވިދާޅުވުމާ ގުޅިގެން އެކަމުގެ ޕްރެޝަރު ބޮޑުވުމުން މޯރީވަނީ މާފަށްވެސް އެދިފައެވެ. އޭނާ އެހެން ވިދާޅުވެފައިވަނީ މި މަހުގެ ކުރީކޮޅު އޮތް މީޓިންގއެއްގައެވެ.

އުމުރުން އަށްޑިހަ ތިން އަހަރުގެ މޯރީއަކީ ކުރިން ޖަޕާނުގެ ބޮޑު ވަޒީރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. މޯރީގެ އިސްތިއުފާއާ އެކު އެ މަގާމަށް ދެން އައްޔަން ކުރާނެ ކަމަށް ބެލެވެނީ އަންނެހެކެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ދެން އެ މަގާމަށް އައުން އެންމެ ގާތީ ޖަޕާނުގެ އޮލިމްޕިކްސް މިނިސްޓަރު ސެއީކޯ ހަޝިމޯޓޯއެވެ. 

ޓޯކިޔޯ އޮލިމްޕިކްސްއަކީ މިދިޔަ އަހަރު ބާއްވަން ކަނޑައެޅުނު ކުޅިވަރު މުބާރާތެކެވެ. އެހެންނަމަވެސް ކޮވިޑާ ގުޅިގެން މި މުބާރާތްވަނީ މި އަހަރުގެ ޖުލައި މަހަށް ފަސްކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް