ads
ކްލަބު ވެލެންސިޔާގެ ކެޕްޓަން އަލީ އަޝްފާގު
ދިވެހި ލީގުގެ ކުޅުން އަވަހަކަށް ފެށޭނެ ކަމަކަށް ނުބެލެވޭ
ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރޭން މެދު ކަނޑާލާފައިވާ ދިވެހި ޕްރިމިއަރ ލީގު އަވަހަކަށް ފެށޭނެކަން ގާތްގަނޑަކަށް ކަށަވަރު ވެއްޖެއެވެ. މިކަން ކަށަވަރުވީ، އެޗްޕީއޭއިން ހުކުރު ދުވަހުގެ ރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގެ ލީޑަރު ޑރ. ޢަލީ ލަތީފުގެ ވާހަކަފުޅުންނެވެ.

ދިވެހި ލީގުގެ ކުޅުން މެދު ކަނޑާލާފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މި މަހުގެ ކުރީކޮޅުއެވެ. ލީގު މެދު ކަނޑާލުމުން ކްލަބުތަކާ އެފްއޭއެމުން އަންނަނީ އަލުން ކުޅުން ފެށުމުގެ ހުއްދަ ދިނުމަށް އެދި އެޗްޕީއޭއަށް ޕްރެޝަރު ކުރަމުންނެވެ. އެހެންނަމަވެސް ހުކުރު ދުވަހުގެ ރޭގެ ޕްރެސް ކޮންފަރެންސާ އެކު، ދިވެހި ލީގުގެ ކުޅުން އަލުން ފެށުން އަވަސްވާނެ ކަމަކަށް ނުބެލެވެއެވެ. 

ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގެ ލީޑަރ ޑރ. އަލީ ލަތީފު ވިދާޅުވީ، މިހާރު ކޭސްތައް ދާ ގޮތުން ކުޅިވަރު ހަރަކާތްތަކަށް ހުއްދަދެވޭނެ ކަމަށް ލަފާ ނުކުރެވޭ ކަމަށެވެ.

ގައުމީ މުބާރާތްތަކާ އެއްޗެއްސަށް އަޅުގަނޑުމެން ބަލާނަން ކިހާ ވަރަކަށް އެކަން ކުރެވޭތޯ (ހުއްދަ ދެވޭތޯ). އެކަމަކު މިހާރު އެއްގޮތަކަށް ވެސް ދަންނަވާކަށް ނޭނގެ އެ ބޭފުޅުންނަށް ހުއްދަ ދެވޭނެ ކަމެއް. އަދި ދަންނަވާކަށް ނޭނގެ އެކަން (ހުއްދަ ދިނުން) ދާނެ ގޮތެއް. ޓެކްނިކަލް ޓީމާ މަޝްވަރާކޮށްފައި ގޮތެއް ނިންމާނީ. އެކަމު މިހާރު ކޭސްތައް ދާ ގޮތުން ހިއެއްނުވޭ ސްޕޯޓްސް އެކްޓިވިޓީސްތަކަށް ލުޔެއް ދެވޭނެ ހެން.

ރައްކާތެރިކަމުގެ ގޮތުން އެޅި ފިޔަވަޅުތަކާއި އެކު ދިވެހި ލީގުގެ ކުޅުން މެދު ކަނޑާލި ފަހުން ހަފުތާއަކަށް ވުރެ ގިނަ ދުވަސްވެފައިވާ އިރު ކްލަބުތަކުން އަންނަނީ ކުޅުން އަލުން ފެށުމަށް ޕްރެޝަރު ކުރަމުންނެވެ.

ކޮވިޑާ ގުޅިގެން ދިވެހި ލީގުގެ ކުޅުން މެދުކަނޑާލަން ޖެހުނީ އެޗްޕީއޭއިން އާއްމު ކުރި އުސޫލުގައިވާ ގޮތުން އެކަނި ކުރާ ކަސްރަތުތައް ފިޔަވައި، ކުޅިވަރު ހަރަކާތްތަކާއި ކަސްރަތު ހަރަކާތްތައް ހުއްޓާލަން ޖެހުމުންނެވެ.

އެޗްޕީއޭއިން އުސޫލުތައް ހަރުކަށި ކުރަން ޖެހުނީ މާލެ ސަރަހައްދުގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ދުވާލެއްގެ މައްޗަށް 100އަށްވުރެ އިތުރު ވެގެން ދިޔުމުންނެވެ. ދިވެހި ލީގުގެ ކުޅުން މެދު ކަނޑާލައިރު ބައެއް ކްލަބުތަކުގެ ކުޅުންތެރިންވަނީ ޕޮޒިޓީވް ވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް