ads
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު--
ޖާމިނުވި ގޮތާ ބެހޭ ލިޔެކިޔުން އަދިވެސް ނުލިބޭ: ޕީޖީ
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލަން ކުރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން ކަމަށާއި، ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ ޖާމިނުވިގޮތާއި ބެހޭ ލިޔެކިޔުންތައް އަދިވެސް ނުލިބޭކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕީޖީ ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އަލީ ވަހީދުގެ ޕާސްޕޯޓާ ގުޅިގެން ކުރިމިނަލް ކޯޓުން ނިންމި ނިންމުން ޕީޖީ އޮފީހަށް ލިބުނީ ބުރާސްފަތި ދުވަހުގެ މެންދުރު 11:30 ހާއިރު ކަމަށެވެ. އަދި އެވަގުތުން ފެށިގެން 48 ގަޑިއިރު ތެރޭގައި އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފުކުރަން ޖެހޭ ކަމަށްވެސް ޕީޖީ ޝަމީމް ވިދާޅުވިއެވެ. 

ޝަމީމް ވިދާޅުވީ އެމަސައްކަތް ދަނީ ކުރަމުން ކަމަށާއި، ނަމަވެސް ޖާމިނުވިގޮތާބެހޭ ލިޔެކިޔުން އަދިވެސް ނުލިބޭ ކަމަށެވެ. 

ޖިންސީ ގޯނާގެ ތުހުމަތުތަކެއްގައި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ދައުވާކޮށް އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު ކޯޓުން ވަނީ އަލުން އޭނާގެ ޕާސްޕޯޓު އަނބުރާ ހަވާލުކުރުމަށް ނިންމާފައެވެ. ޕީޖީން ބުނެފައިވަނީ އޭނާގެ ޕާސްޕޯޓު ދޫކޮށްލަން ކޯޓުން ނިންމީ އޭނާއަކީ އެހެން ރިކޯޑެއް އޮތް މީހަކަށް ނުވާތީ، ޑޮކްޓަރުގެ ވާހަކަތަކަށް ބިނާކޮށް، މީހަކު ޖާމިނު ކުރުމަށް ފަހު ކަމަށެވެ. އަދި މިހާރު އޭނާ އިނގިރޭސިވިލާތަށް ގޮސްފައިވާކަމުގެ ވާހަކަތަކެއް ވަނީ ފެންމަތިވެފައެވެ. 

މިމައްސަލާގައި ޕީޖީން މީގެކުރިން ބުނެފައިވަނީ، ޖާމިނު ކުރުވަނީ ކާކުތޯ ޝަރީއަތުން ސުވާލު ކުރުމަށް އަލީ ވަހީދު ވަނީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއް ކަމަށްވާ އަސްއަދު އަލީ (އަޑުބަރޭ) އޭނާއަށް ޖާމިނުވާނެ ކަމަށް ބުނެފައިވާ ކަމަށެވެ. 

ޖާމިނުވިގޮތާއި ބެހޭ ލިޔެކިއުންތައް އަދިވެސް ލިބިފައި ނުވާކަމަށް ޕީޖީ ޝަމީމް މިއަދު ބުނެފައިވާއިރު، މި މައްސަލައިގައި އަލީ ވަހީދު ހުށަހެޅި މެޑިކަލް ރިކޯޑުތައްވެސް، ދައުލަތުން އެދިފައިވީނަމަވެސް މިހާތަނަށް ދައުލަތަށް ލިބިފައި ނުވާ ކަމަށް ޕީޖީން ވަނީ މީގެކުރިން ބުނެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް