ads
އެމްއެންޑީއެފްގެ ކޯސްޓްގާޑް އުޅަނދެއް
ފަތުރުވެރިއެއް ގެއްލިގެން ހޯދަނީ
ފަތުރުވެރިއެއް ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްއެންޑީއެފްއިން ބުނީ، "އިންޓަކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު" ރިސޯޓުން އެކަނި ސްނޯކްލިންއަށް ނިކުތް ފަތުރުވެރިއެއްގެ ހަބަރެއް ނުވެގެން އޭނާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. 

މީގެއިތުރުން އޭނާއަކީ އަންހެނެއް ކަމަށާއި، މިހާދިސާގެ ރިޕޯޓް ލިބިފައިވާނީ މިރޭ 20:58 ހާއިރު ކަމަށެވެ. 

އެމްއެންޑީއެފްއިން މިހާތަނަށް ބުނެފައިވަނީ އޭނާގެ ހަބަރެއް ނުވެގެން އެކަމުގެ ރިޕޯޓް ލިބުމާއިއެކު އެމްއެންޑީއެފްގެ ނޮދާން އޭރިއާގެ ކޯސްޓް ގާޑުން އޭނާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އިތުރު އެއްވެސް މައުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް