ads
ސައިފް އަދި ކަރީނާ--
ސައިފްގެ މަތިމަސް ކަރީނާއަށް ކަމަކު ނުދޭ!
ބޮލީވުޑުގެ އެންމެ ލޯބި އެއް ޖޯޑަކީ ސައިފް އަލީ ހާނާއި ކަރީނާ ކަޕޫރެވެ. މިއަދު ފާހަގަކުރާ ވެލެންޓައިންސް ޑޭއާ ދިމާކޮށް ކަރީނާ ވަނީ ސައިފްއަށް ދުވަހުގެ ތަހުނިޔާ ފޮނުވާފަ އެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާކުރި ފޮޓޯއަކާއެކު ކަރީނާ ބުނީ މަތިމަސް ލާފައި ހުއްޓަސް ސައިފް ދެކެ ލޯބިވާ ކަމަށެވެ. އެހެންކަމުން މަތިމަހަކީ ކަރީނާ މާ ގަޔާވާ ސްޓައިލެއް ނޫންކަން މި ވަނީ ހާމަވެފަ އެވެ.

ކަރީނާ ހިއްސާކުރި ފޮޓޯގައި އޭނާ ސައިފް އާއެކު ކެމެރާއަށް ބަލަން އިންނައިރު، ސައިފް ހުންނަނީ މަތިމަހެއް ލައިގެންނެވެ. މީގެ އިތުރުން ކަރީނާ ވަނީ އޭނާގެ ދަރިފުޅު ތައިމުރްއަށް ވެސް ދުވަހުގެ ތަހުނިޔާ ފޮނުވާފަ އެވެ.

ކަރީނާ މިހާރު އިނީ ދެވަނަ ދަރިފުޅު ވިހާނެ އިރަކަށް ކެތްމަދުވެފަ އެވެ. ރިޕޯޓުތައް ބުނާ ގޮތުން ކަރީނާ ވިހެއުމަށް ދީފައިވާ ތާރީހަކީ ފެބްރުއަރީ 15 އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް