ads
ފަތުރުވެރިޔާ ހޯދުމުގެ މަސައްކަތްކުރަނީ-
ގެއްލުނު ފަތުރުވެރިޔާއާ ގުޅޭ މައުލޫމާތެއް ލިބިއްޖެނަމަ އަންގަން އެދިއްޖެ
ކޮންޓިނެންޓަލް މޯލްޑިވްސް (މާމުނަގައު) ރިސޯޓުން ސްނޯކެލިންއަށް ދިޔަ ފަހުން ހަބަރެއް ނުވެގެން ހޯދަމުންދާ ފަތުރުވެރިޔާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް އަންގަން އެދިއްޖެ އެވެ.

އެމީހާގެ ހަބަރެއް ނުވެގެން ރޭ 8:50 ހާއިރު އެމްއެންޑީއެފަށް ރިޕޯޓްކޮށްފައިވާއިރު އެ މީހާ ހޯދުމުގެ މަސައްކަތް އޭރުއްސުރެ ދަނީ ކުރަމުންނެވެ

އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އާއި އެ ރިސޯޓާއި ގުޅިގެން މިއަދު ވެސް އެމީހާ ހޯދަމުން އަންނައިރު މިއަދު މިހާތަނަށް އެމްއެންޑީއެފް ޑޯނިއާބފްލައިޓު ބޭނުންކޮށްގެން 275 އަކަ ނޯޓިކަލް މޭލުގެ ސަރަޙައްދެއް ވައިގެމަގުން ވަނީ ބަލާފައެވެ. އަދި ޑައިވްކޮށްގެން 72000 އަކަ މީޓަރުގެ ސަރަހައްދެއް ކޯސްޓްގާޑް ޑައިވަރުންނާއި ރިސޯޓު ޑައިވަރުން ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އަދި މީގެ އިތުރުން ކަނޑުމަގުންވެސް އޭނާ ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުން އަންނައިރު ކޯސްޓްގާޑުން މައުލޫމާތު ލިބިފައިވާގޮތުގައި، އޭނާ އެންމެ ފަހުން ލައިގެން ހުރީ ކަޅުކުލައިގެ ރަތްމާ ޖެހި މޫދު ހެދުމެކެވެ.

އެ ފަތުރުވެރިޔާއާ ބެހޭ އެއްވެސް ހަބަރެއް ވޭތޯ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދު ފަހަރުންނާއި އެ ހިސާބުގެ ރަށްތަކުން ބަލައިދިނުމަށް އެމްއެންޑީއެފުން އެދެ އެވެ. އެ ފަތުރުވެރިޔާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުމަށް ވެސް އެދުނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް