ads
އަސްލަމާއި ޝިފާޒް
އަސްލަމާއި ޝިފާޒުގެ ބަހުސެއް ބާއްވަނީ
މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ނައިބް ރައީސް ކަމުގެ މަގާމަށް ވާދަކުރައްވާ މުހައްމަދު އަސްލަމާއި މުހައްމަދު ޝިފާޒުގެ މެދުގައި ބަހުސެއް ބާއްވަން ނިންމައިފި އެވެ.
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ނައިބް ރައީސް ކަމުގެ މަގާމަށް ވާދަކުރައްވާ މުހައްމަދު އަސްލަމާއި މުހައްމަދު ޝިފާޒުގެ މެދުގައި ބަހުސެއް ބާއްވަން ނިންމައިފި އެވެ.

ރާއްޖެ ޓީވީން ބުނި ގޮތުގައި މި ދެ ކެންޑިޑޭޓުންގެ މެދުގައި ބަހުސެއް ބޭއްވުމަށް އެއްބާރުލުން ދިނުމަށް އެމްޑީޕީން ވަނީ އެ ސްޓޭޝަނަށް ސިޓީއަކުން ހުށަހަޅާފަ އެވެ.

މި ބަހުސް ބޭއްވުމަށް އެ ޕާޓީން އެދިފައިވަނީ މިމަހުގެ 15 ވާ ހުކުރު ދުވަހުރޭ 9:00 ޖަހާއިރު އެވެ.

ތާއީދު ހޯއްދެވުމުގެ ގޮތުން އަސްލަމާއި ޝިފާޒު މިހާރު ގެންދަވަނީ ވަރަށް ފޯރިއާ އެކު ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ. މިއިންތިހާބު ކާމިޔާބު ކުރެއްވޭނެ ކަމަށް އަސްލަމާއި ޝިފާޒު ވެސް ގެންދަވަނީ ވިދާޅުވަމުންނެވެ.

އެމްޑީޕީގެ ރައީސް ކަމުގެ މަގާމަށް ރައީސް ނަޝީދު ފިޔަވާ އެހެން ބޭފުޅަކު ކުރިމަތިލައްވާފައެއް ނުވެ އެވެ.

އެމްޑީޕީގެ ރައީސްކަމާއި ނައިބު ރައީސްކަމުގެ މަގާމަށް ބޭފުޅުން އިންތިހާބު ކުރުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު އެވެ.

މިއިންތިހާބުގައި 87431 މީހަކަށް ވޯޓްލުމުގެ ހައްގު ލިބިފައިވާ ކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް