ads
އަލީ ވަހީދު--
އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލުން: ތާރީހުވެސް އޮޅިއްޖެ!
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލަން ކްރިމިނަލް ކޯޓުން ނެރުނު އަމުރާއި ގުޅޭ ލިޔެކިޔުންތަކުގައި ތާރީހު އޮޅިފައިވާކަން ހާމަވެއްޖެއެވެ.

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލަން ކުރިމިނަލް ކޯޓުން ނެރުނު އަމުރު މިހާރު ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، އެކަމާއި ގުޅިގެން ޕީޖީއަށް ފޮނުވަންޖެހޭ ލިޔުންތައްވެސް މިހާރު ފޮނުވާފައިވާކަމަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ ބުނެފައެވެ. 

ޕީޖީ ޝަމީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ، އެމައްސަލައާއި ގުޅިގެން ކްރިމިނަލް ކޯޓުން ހުށަހަޅާފައިވާ ލިޔުންތަކުގައި ތާރީހުގައިވެސް އޮޅުންތަކެއް އަރާފައިވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލުމަށް އަމުރު ނެރެފައިވަނީ މިމަހުގެ 9 ވަނަ ދުވަހު އޮތް އަޑުއެހުމެއްގައި ކަމަށާއި، ނަމަވެސް އެ އަމުރުގައި ތަރީހަކަށް އޮތީ މިމަހުގެ 10 ވަނަ ދުވަސް ކަމަށް ޝަމީމް ވަނީ ފާހަގަކުރައްވާފައެވެ. 

މީގެއިތުރުން އަލީ ވަހީދު އިނގިރޭސި ވިލާތަށް ފުރައިގެން ދިޔަކަމަށް ވަނީ އަޑުއެހުން އޮތް ދުވަސް ކަމަށްވާ މިމަހުގެ 9 ވަނަ ދުވަހު ކަމަށާއި އެހެންކަމަށްވާނަމަ ފުރައިގެން ގޮސްފައި އެވަނީ އަމުރުގައި އޮތް ތާރީހުގެ ކުރިންކަން ޝަމީމް ފާހަގަކުރެއްވި އެވެ. އަދި މީގެކުރިން ޕީޖީން ނުލިބޭކަމަށް ފާހަގަކޮށްފައިވާ، ޖާމިނުވިގޮތުގެ ލިޔެކިއުންތަކުގައި ވާ ތާރީހުވެސް އަމުރުގައިވާ ތާރީހާއި ތަފާތުކަން ޕީޖީ ފާހަގަކުރެއްވިއެވެ. އެގޮތުން އަމުރުގައި އޮތް ތާރީހަކީ މިމަހުގެ 10 ކަމުގައި ވީނަމަވެސް، ޖާމިނުވިކަމުގެ ލިއުމުގައި އަމުރު ނެރުނުކަމަށް ބަޔާންކޮށްފައި އޮތީ މިމަހުގެ 9 ކަމަށް ޕީޖީ ޝަމީމް ފާހަގަކުރެއްވިއެވެ. 

މިމައްސަލާގައި މީގެކުރިންވެސް ކްރިމިނަލް ކޯޓަށް އިދާރީ ކުށެއް ޖެހިފައިވާކަން ވަނީ ފެންމަތިވެފައެވެ. އެގޮތުން އެ އަމުރު ނެރެފައިވަނީ ޕީޖީން އެދިގެންކަމަށް، ނުވަތަ އެ އަމުރަށް އެދިފައިވަނީ ޕީޖީން ކަމަށް ވަނީ ބުނެފައެވެ. ނަމަވެސް އެ މައުލޫމާތަކީ ދޮގު މައުލޫމާތެއް ކަމަށާއި އެއީ ކްރިމިނަލް ކޯޓުގެ އިދާރީ ކުށެއްކަމަށް ޕީޖީން ވަނީ ފާހަގަކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް