ads
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު--
ފްލެޓް ލިސްޓުގައި މައްސަލަ ހުރިނަމަ ހައްލު ހޯދައިދޭނަން: ރައީސް
ފްލެޓް ލިސްޓުގައި މައްސަލަތަކެއް ހުރިނަމަ އެ ލިސްޓު އިތުރަށް ބަލައި ހައްގުވެރި ފަރާތްތަކަށް ފްލެޓް ހަވާލުކުރާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން މިރޭ ބޭއްްވި އެ ޕާޓީގެ ގައުމީ މަޖިލިސް ބައްދަލުވުމުގައި ރައީސް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭގައި އިމާރާތްކުރަން ފެށި 7000 ފްލެޓް ދޫކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެ 7000 ފްލެޓަށް 25000 މީހަކު ކުރިމަތިލާއިރު އޭގެ ތެރޭގައި ފްލެޓް ހައްގުވާ މީހުންނަަށް ވެސް ފްލެޓް ނުލިބި ކަންބޮޑުވުންތައް ހުރިކަން އެނގިވަޑައިގަންވާ ކަމަށެވެ.

އަދި އެ ލިސްޓުގައި މައްސަލަތަކެއް ހުރިނަމަ އަދިވެސް އިތުރަށް ބެލުމަށް ފަހު ހައްގުވެރި ފަރާތްތަކާ ހަވާލުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

މިދިޔަ ހަފްތާގައި ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓު އާންމުކޮށްފައިވާއިރު ލިސްޓާ ގުޅިގެން ގިނަ ކަންބޮޑުވުންތަކެއް އަދިވެސް އެބަހުއްޓެވެ. 

އޭގެ އިތުރުން މާލެ ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައާ ގުޅިގެން ރައީސް ވިދާޅުވީ މާލޭގެ ބޯހިޔާވަހިކަން ހައްލުކުރަން މަޝްރޫއުތަކެއް ފަށަން ނިންމާފައިވާ ކަމަށެވެ. އެގޮތުުން އެ މަޝްރޫއުތައް ނިމި މިތަނަށް ދިމާވެފައިވާ ބޯހިޔަވާހިކަމުގެ މައްސަލައަށް ލުޔެއް ލިބޭނެ ކަމަށް ގަބޫލުފުޅުކުރައްވާކަމަށް ވިދާޅުވި އެެވެ. 

  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް