ads
ރައީސް ނަޝީދު: ފޮޓޯ މަޖިލިސް
އިންތިހާބު ބާއްވާ ތާރީހަށް ބަދަލެއް ނުގެންނާނަން: ރައީސް ނަޝީދު
ލޯކަލް ކައުންސިލްތަކުގެ އިންތިހާބު މިހާރު ބޭއްވުމަށް ނިންމާފައިވާ ތާރީހަށް އެއްވެސް ބަދަލެއް މަޖިލީހުން ނުގެންނާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދުގެ މަޖިލިސް ފައްޓަވަމުން އިލެކްޝަންސް ކޮމިޝަނުން ހުށަހެޅި ސިޓީ ލިބިފައިވާކަން ފާހަގަކޮށް އެ ސިޓީއަށް ޖަވާބުދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ މިހާރު ހަމަޖެހިފައިވާ ތާރީހުގައި އިންތިހާބު ބޭއްވޭނެ ކަމަށާއި އެ ނިންމުމަށް މަޖިލީހުން އެއްވެސް ބަދަލެއް ދެން ނުގެންނަވާނެ ކަމަށެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ މިކަން މިވީ އެމަނިކުފާނުގެ ދަރިފުޅުގެ ހޯމްވޯކްއާ އެއްވަރު ކަމަށާއި ހޯމްވޯކް ނުހެދި ވާނެ އެތައް ގޮތެއް ދަރިފުޅު ކިޔައިދޭ ކަމަށް ވިދާޅުވި އެވެ. އަދި އިލެކްޝަންސް ކޮމިޝަނާއި ހޯމްވޯކް ހަދާ ކުދިންނަށް ވެސް ދަންނަވާލާނީ މިހާރު އެ އޮތީ ހޯމްވޯކް ދީފައި ކަމަށެވެ. އަދި ދެން އެ ނިންމައިގެން އަވަހަށް އައުމަށާއި އިތުރު ގޮތެއް މިއަކު ނެތް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

މީގެ އިތުރުން އެމަކިފާނު ވިދާޅުވީ މި އިންތިހާބު ކަނޑައެޅި ތާރީހުގައި އޮންނާނެ ކަމަށާއި މަޖިލީހުން އެކަމަށް ބަދަލެއް ނުގެންނާނެ ކަމަށެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ތާވަލުކުރި އިންތިހާބު ކޮވިޑާއި ގުޅިގެން އެ މުއްދަތުގައި ނުބޭއްވުމުން ކައުންސިލްތަކުގެ އިންތިހާބު ފަސްކުރުމަށް މަޖިލީހުން ވަނީ ހާއްސަ ގާނޫނެއް ފާސްކޮށްފައެވެ. 

އެ ގާނޫނުގައި ބުނާ ގޮތުން މިއަހަރުގެ މެއި މަހުގެ 9 ވަނަ ދުވަހުގެ ކުރިން އިންތިހާބު ބާއްވާ ނިންމަން ޖެހެއެވެ. އެހެންނަމަވެސް މިހާރު އެޗްޕީއޭއިން ކަނޑައަޅާފައިވާ އުސޫލާއި އެއްގޮތަށް އެ މުއްދަތުގައި އެ އިންތިހާބު ބޭއްވުމަށް ދަތިތަކެއް ކުރިމަތިވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން އަންނަނީ ބުނަމުންނެވެ. 

މިގޮތުން ބަޖެޓްގެ ދަތިކަމާއި އިންތިހާބުގައި އަމަލުކުރަން އެޗްޕީއޭއިން ބުނާ ކަންކަން ނުކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން އަންނަނީ ބުނަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް