ads
ބްރޫނޯ ފެނާންޑޭސް
ވެސްޓް ބްރޮމް އާއި ޔުނައިޓެޑް މެޗު އެއްވަރު
އިނގިރޭސި ޕްރިމިއާ ލީގުގައި ވެސްޓް ބްރޮމްއާ މެންޗެސްޓާ ޔުނައިޓެޑު ކުޅުނު މެޗު އެއްވަރު ވެއްޖެއެވެ. އާދިއްތަ ދުވަހުގެ ރޭ ކުޅުނު މި މެޗު އެއްވަރުވީ އެއް ލަނޑު އެއް ލަނޑުންނެވެ.

މެޗުގެ ވަރަށް ކުރީކޮޅު ވެސްޓް ބްރޮމްއިން ލަނޑެއް ޖަހައި ކުރި ހޯދިއެވެ. މެޗުގެ ދެވަނަ މިނިޓްގައި މި ލަނޑު ޖެހީ އެމްބާޔޭ ޑިޔާންޏޭއެވެ. ޔުނައިޓެޑުން އެއްވަރު ކުރި ލަނޑު މެޗުގެ ފުރަތަމަ ހާފުގެ ފަހުކޮޅު ޖެހީ ބްރޫނޯ ފެނާންޑޭސްއެވެ.

މި މެޗުން ހޯދި ޕޮއިންޓާއެކު ޔުނައިޓެޑަށް ޖުމްލަ ސާޅީސް ހަ ޕޮއިންޓް ވަނީ ލިބިފައެވެ. ޔުނައިޓެޑް ކުޅެފައިވަނީ ސައުވީސް މެޗެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް