ads
ފުވައްމުލަކު ސިޓީ--
ފުވައްމުލައް ކުލަސްޓާ: 20 މީހުން ޕޮޒިޓިވް
ފުވައްމުލަކު ސިޓީއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 20 އަށް އަރައިފި އެވެ.

ފުވައްމުލަކު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މައުލޫމާތުދޭ ގޮތުގައި މިހާތަަނަށް މި ކްލަސްޓާއާ ގުޅިގެން ޓެސްޓުކުރަން 329 ސާމްޕަލެއް ވަނީ ނަގާފަ އެވެ. އަދި 547 ގެއެއް ވަނީ ހޯމް ކަރަންޓީނު ކުރެވިފައި ކަމަށާއި ޖުމްލަ 620 ކޮންޓެކްޓްސް ފާހަގަވެފައިވާ ކަމަށް އެ ސެންޓަރުން މައުލޫމާތު ދެއެވެ.

ފުވައްމުލަކު ސިޓީގައި ކޮވިޑު ފެތުރިފައިވަނީ ދުބާއީ އިން އައިސް ހޯމް ކަރަންޓީނުގައި ހުއްޓާ ޕޮޒިޓިވްވި މީހަކާ ގުޅިގެންނެވެ. އަދި އެ ރަށުން ނެގުނު ރޭންޑަމް ސާމްޕަލްގެ ތެރެއިން އެކަކު ޕޮޒިޓިވްވެފަ ވެއެވެ. 

ފުވައްމުލަކުން ކޮވިޑް 19 ފެނުމާއެކު އެރަށް މިހާރު ވަނީ މޮނިޓަރިންގެ ހާލަތުގައެވެ. އަދި އެ ރަށުގައި ވަނީ ކާފިއު ވެސް އިއުލާނު ކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް