ads
ހއ.ކެލާ ފޮޓޯ:ސަން
ކެލާގައި ފަތުރުވެރިކަން ތަރައްގީ ކުރަން 14 ބިމެއް ދޫކުރަނީ
ހއ. ކެލާގައި ފަތުރުވެރިކަން ތަރައްގީ ކުރަން 14 ބިމެއް ދޫކުރުމުގެ އެއްބަސްވުމުގައި ކެލާ ކައުންސިލާއި ޓޫރިޒަމް މިނިސްޓްރީއާ ދެމެދު ސޮއިކޮށްފި އެވެ.

އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު މުހައްމަދު ހުއްސާން އާއި ކެލާ ކައުންސިލުގެ ރައީސް އާދަމް ގުފްރާން އެވެ.

މި ހަފްލާގައި ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމްއާއި، ކެލާ ދާއިރާގެ މަޖިލިސް މެންބަރ އިބްރާހިމް ޝަރީފް ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ.

ހަފްލާގައި ދެއްކެވި ވާހަކައިގައި މައުސޫމް ވިދާޅުވީ މި މަޝްރޫއުގެ ސަބަބުން ކެލާ އާއި މުޅި އެ ސަރަހައްދަށް އިގްތިސާދީ ގިނަ މަންފާތަކެއް ލިބޭނެ ކަމަށެވެ. އަދި މި މަޝްރޫއު ކައުންސިލުގެ ފުރިހަމަ އެއްބާރުލުމުން ލިބެމުންދާ ކަމަށް ވިދާޅުވި އެވެ.

ކެލާ ކައުންސިލުގެ ރައީސް ގުފްރާން ވިދާޅުވީ މި މަޝްރޫއުގެ ސަބަބުން ކެލާގައި ވަޒީފާ އުފެދި، ރަށަށް ބަދަލުވާން ބޭނުންވާ އާއިލާތަކަށް ފުރުސަތުތައް ފަހިވެގެން ދާނެ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ފަތުރުވެރިކަމަށް ހާއްސަ 14 ބިމެއް ބިޑުކޮށްގެން ކެލާއިން ދޫކުރާނެ އެވެ. އެއީ ގެސްޓުހައުސަށް ހާއްސަ 5000 އަކަފޫޓުގެ 12 ބިމާއި ސިޓީހޮޓަލަށް ހާއްސަ 10،000 އަކަފޫޓުގެ ދެ ބިމެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް