ads
އަބްދުﷲ ރިފާއު--
ބޮޗޭގެ ޓްވިޓާ އެކައުންޓް ހެކް ކޮށްފި
ޕީޕީއެމްގެ ކައުންސިލް މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) ގެ ޓްވިޓާ އެކައުންޓް ހެކް ކޮށްފިއެވެ.

މިކަން ހާމަކުރައްވައި ބޮޗޭ ވަނީ އާ ޓްވިޓާ ހޭންޑަލް އަކުން ޓްވީޓް ކުރައްވާފައެވެ. އެގޮތުން ބޮޗޭ ވިދާޅުވީ، އޭނާގެ ޓްވީޓާ އެކައުންޓް ބަޔަކު ހެކް ކޮށްފައިވާ ކަމަށާއި، އެހެންކަމުން އެ އެކައުންޓް އަނބުރާ ހޯދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ޓްވީޓް ކުރައްވާފައި އެވަނީ މިހާރު ބޭނުންކުރައްވާ އެކައުންޓް އިން ކަމަށްވެސް ވިދާޅުވިއެވެ. 

ބޮޗޭގެ ޓްވިޓާ އެކައުންޓް ހެކްކޮށް އެ ހޭންޑްލްގެ ނަންވެސް މިހާރު ވަނީ ބަދަލުކޮށްފައެވެ. 

ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) މީގެ ކުރިން ހުންނެވީ ޑީއާރުޕީގެ ނައިބު ލީޑަރުކަމުގެ މަގާމުގައެވެ. ނަމަވެސް އެމަގާމުން އިސްތިއުފާ ދެއްވައި ޕީޕީއެމް އާއި ގުޅިވަޑައިގަތީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އަދި އިދިކޮޅުން މިހާރު ބާއްވަމުން އަންނަ ހަރަކާތްތަކުގައި ބޮޗޭ އަންނަނީ އިސްކޮށް ހަރަކާތްތެރި ވަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް