ads
ރައިސް ވެކްސިން ޖަހަނީ
5 ވަނައަށް އެންމެ ގިނައިން ވެކްސިންޖެހީ ރާއްޖެއިން: ނަޝީދު
ދިވެހިރާއްޖެއަކީ ނިސްބަތުން 5 ވަނަ އަށް އެންމެ ގިނައިން ވެކްސިން ޖެހި ގައުމުކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ އެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ވެކްސިން ޖެހި މީހުންގެ އަދަދު 43،817 އަށް އަރާފައިވާއިރު ރައީސް ނަޝީދު ވަނީ މިހާތަނަށް ވެކްސިން ޖެހިފައިވާ ގޮތުގެ ތަފްސީލެއް މިއަދުގެ މަޖިލީހުގައި އިއްވާފައެވެ. 

އެގޮތުން މާލޭ ސަރަހައްދުން ޝޯޝަލް ސެންޓަރުގައި 16482 މީހަކަށް ވެކްސިން ދެވިފައިވާއިރު ސެނެހިޔާގައި 3199 މީހުންނަށް އަދި ހުޅުމާލޭގައި 6726 މީހުންގެ އިތުރުން ވިލިމާލޭގައި 726 މީހުންނަށް ވެކްސިން ފޯރުކޮށްދީފައިވެއެވެ. 

ރައީސް ނަޝީދު ވިދާޅުވީ ރާއްޖެއަކީ ނިސްބަތުން ފަސްވަނަ އަށް އެންމެ ގިނައިން މިހާތަނަށް ވެކްސިން ޖެހި އެއްގައުމު ކަަމަށެވެ. އަދި މަޖިލީހުގެ ތެރެއިން 30 ވަރަކަށް މެންބަރުންނަށް ވަނީ ވެކްސިން ޖެހާފައި ކަމަށާއި މިހާރު އެ މެންބަރުންނަށް ވާނީ ކޮންސެންޓް ފޯމެއް ދެވިފައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ ވެކްސިން ޖެހުމަކީ ގާނޫނީ ގޮތުން މަޖުބޫރުކަމެއް ކަމަށް ވުމުން އެ ފޯމުގެ ބޭނުން މާބޮޑަށް ނޭގޭ ކަމަށާއި ބޮޑަށް ލަފާކުރެވެނީ ވެކްސިންގެ އެއްވެސް ރިއޭކްޝަނެއް އާދޭތޯ ބެލުމަށް އެއްކުރާ މައުލޫމާތެއް ކަމަށެވެ.

ނަޝީދު ވިދާޅުވީ ވެކްސިން ނުޖަހާން ތިއްބެވުމަކީ ގާނޫނީ ގޮތުން އޮތް ފުރުސަތެއް ނޫން ކަމަށެވެ. އަދި ހުރިހާ ބޭފުޅުންވެސް ވެކްސިން ޖަހަންޖެހޭ ކަމަށް ރައީސް ނަޝިދު ވަނީ ވިދާޅުވެފައެވެ.

އެހެނިހެން ސަރަހައްދަުތަކުގައި ވެކްސިން ކުރިއަށް ގެންދެވިފައިވާ ގޮތުގެ ތަފްސީލް:

މަޖިލިސް: 3138

އިސްލާމިކް ސެންޓަރު: 3642

ޓްރީޓޮޕް:1338

ދަމަނަވެށި: 58

ބަޑޮސް: 99

ހއ.އަތޮޅު: 282

ހދ. އަތޮޅު: 503

ށ. އަަތޮޅު: 380

ނ. އަތޮޅު: 521

ރ. އަތޮޅު:274

ބ.އަތޮޅު: 387

ޅ.އަތޮޅު: 279

ކ.އަތޮޅު: 776

އއ. އަތޮޅު: 279

އދ. އަތޮޅު:: 257

ވ.އަތޮޅު: 128

މ.އަތޮޅު:: 329

ފ.އަތޮޅު: 218

ދ.އަތޮޅު: 201

ތ.އަތޮޅު: 548

ލ.އަތޮޅު: 355

ގއ.އަތޮޅު: 430

ގދ.އަތޮޅު: 446

ފުވައްމުލަކު: 283

އައްޑު ސިޓީ: 1653

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް