ads
ދަސްވެ ނިމުމުގެ ތެރެއިން
ބޭރު ގައުމުތަކުގައި ކިޔަވާ ދަރިވަރުންނަށް ވެކްސިން ޖެހުމުގެ ފުރުސަތު ހުޅުވާލައިފި
ކޮވިޑް-19 ގެ ވެކްސިންގެ ދެ ޑޯޒު ފުރިހަމަކުރުމަށްފަހު ރާއްޖެއިން ބޭރަށް ފުރޭނެ މުއްދަތު އޮތް ދަރިވަރުން ވެކްސިން ޖެހުމަށް ރަޖިސްޓްރީ ވުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އެދިއްޖެ އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ އެ މިނިސްޓްރީ މެދުވެރިވެގެން ސްކޮލާޝިޕް ފުރުސަތުތަކުގައާއި މަތީ ތައުލީމާއި ތަމްރީނަށް ދޭ ލޯނުގެ އެހީ އަދި އަމިއްލަ ހަރަދުގައި ރާއްޖޭން ބޭރުގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން މިވަގުތު ރާއްޖޭގައި ތިބި ދަރިވަރުން ކޮވިޑް 19 ގެ ވެކްސިން ދެ ޑޯޒް ފުރިހަމަކުރުމަށްފަހު އެނބުރި ރާއްޖޭން ބޭރަށް ދިއުމަށް އެދެމުން އަންނަ ކަމަށެވެ.

އެ ސަބަބާހުރެ އެނބުރި ކިޔަވަން ދިއުމުގެ ކުރިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށްފަހު މަދުވެގެން ހަތަރު ހަފްތާ ހަމަކޮށް ވެކްސިންގެ ދެވަނަ ޑޯޒު ޖެހޭނެ މުއްދަތު އޮތް ދަރިވަރުން ރަޖިސްޓްރީވާން މިހާރު ވަނީ ހުޅުވާލައިފަިވާ ކަމަށް އެ މިނިސްޓަރީއިން ވަނީ ބުނެފައެވެ.

ރާއްޖޭގައި އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ލިބުނު ކޮވިޝީލްޑް ވެކްސިން ޖަހަން ފަށާފައި ވަނީ މިމަހުގެ އެއްވަނަ ދުވަހުގަ އެވެ. އަދި މިހާތަނަށް 43،817 މީހުން ވަނީ ރާއްޖެއިން ވެކްސިން ޖަހާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް