ads
ޝާހްރުކް އަދި އާލިއާ
ޝާހުގެ ފިލްމަކުން އާލިއާއަށް ފުރުސަތެއް!
ބޮލީވުޑުގެ ރަސްގެފާނު ޝާހްރުކް ހާން އަދި އަންހެނުން ގޯރީ ހާންގެ ޕްރޮޑަކްޝަން ހައުސް، ރެޑް ޗިލީސް އެންޓަޓައިންމަންޓުގެ ފިލްމު "ޑާލިންގްސް"ގެ ލީޑު ރޯލުން އާލިއާ ބަޓް ފެނިގެންދާނެ ކަމުގެ އަޑުތައް މިހާރު ވަނީ ފެންމަތިވެފައެވެ.

މީގެ ކުރިން ޝާހު އާއި އާލިއާ ވަނީ "ޑީއާ ޒިންދަގީ"، މި ފިލްމުގައި އެކީ ފެނިގެން ގޮސްފައެވެ. 2016ގައި ރިލީޒް ކުރި މި ފިލްމަކީ ކާމިޔާބު ފިލްމެކެވެ.

މިދެތަރިން އެކުގައި ދެން މަސައްކަތް ކުރާނީ ޑާލިންގްސް އިން ކަމަށާއި، ނަމަވެސް ޝާހު މި ފިލްމުގައި އަދާ ކުރާނީފިލްމުގެ ޕްރޮޑިއުސަރުގެ ރޯލު ކަމަށް ބޮލީވުޑް ހަބަރުތަކުްނ ބުނެއެވެ. މީގެ އިތުރުން ޑާލިންގްސް ފިލްމަކީ، މަންމަ އާއި އަންހެން ދަރިފުޅާ ދެމެދުގެ ވާހަކަތަކެއް ދައްކުވައިދޭ ފިލްމެއް ކަމަށް ހަބަރު ތަކުން ބުނެއެވެ.

މި ފިލްމު ވެގެންދާނީ ޖަސްމީތް ކޭ ރީން ގެ ފުރަތަމަ ޑައިރެކްޝަނަށް ކަމަށް ބޮލީވުޑްގެ ހަބަރުތަކުން ބުނެއެވެ. އަދި މި ފިލްމުގައި އާލިއާގެ އިތުރުން، ޝެފާލީ ޝާހް، ވިޖޭ ވަރްމާ އަދި ރޯޝަން މެތިއު ފެނިގެންދާނެ ކަމަށް ބޮލީވުޑްގެ ހަބަރުތަކުން ބުނެއެވެ. 

ޑާލިންގްސް ގައި އާލިއާ ފެނިގެންދާނީ ޝެފާލީގެ ދަރިފުޅުގެ ރޯލުންނެވެ. އަދި މުޅި ފިލްމު ބިނާވެގެންވަނީ މިދެތަރިންގެ ހަޔާތުގެ މައްޗަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް