ads
ޖުމްހުރީ ޕާޓީގެ ލީޑަރު އަދި މާމިނގިލި ދާއިރާ މެމްބަރު ގާސިމް އިބްރާހިމް---
މިދިޔަ އަހަރު އެކީހެން ގާސިމް ހުންނެވީ ސަލާމުގައި: ނަޝީދު
މިދިޔަ އަހަރު އެއްކޮށްހެން ރައްޔިތުން މަޖިލީހުގެ މާމިނގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ހުންނެވީ ސަލާމުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދުގެ ޖަލްސާގައި ވިދާޅުވެއްޖެ އެވެ.

ނަޝީދު މިހެން ވިދާޅުމީ މިއަދުގެ ރައްޔިތުންގެ މަޖިލިސް ފައްޓަވާ، ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން މަޖިލީހަށް ހާޒިރުވި މެމްބަރުން، ސަލާމް ބުނުއްވި މެމްބަރުން އަދި ކަރަންޓީނުގައި ތިއްބެވި މެމްބަރުންގެ އަދަދުތައް ހާމަ ކުރައްވާ، މަޖިލީހުގެ ރައީސް ވިދާޅުވީ، މަޖިލީހަށް ސަލާމް ފޮނުވުމުގައި ވަރަށް ގިނަ ދުވަހު ސަލާމުގައި ތިއްބެވި މެމްބަރުން ތިބިކަން ފާހަގަވާ ކަމަށެވެ. 

އެކަން ފާހަގަ ކުރައްވާ، ރައީސް ނަޝީދު ވަނީ ވަކިވަކި މެމްބަރުންގެ ނަންތައް މަޖިލީހުގައި ފާހަގަ ކުރައްވާފައެވެ. އެގޮތުން މީދޫ ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މުހައްމަދު ހުންނެވީ ސަލާމުގައިކަމަށް ނަޝީދު ފާހަގަ ކުރެއްވިއެވެ. އަދި މާމިނގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ފާއިރުވި 2020 އެއްކޮށްހެން ހުންނެވީ ސަލާމުގައި ކަމަށާއި، އަދިވެސް ހުންނެވީ ސަލާމުގައި ކަމަށް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސެއިން ވަހީދު އުޅުއްވަނީ އާލާސްކަންފުޅާ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ޑޮކްޓަރުގެ ލަފާގެ މަތިން މެމްބަރު ހުސެއިން ވަހީދު ފަރުވާ ހޯއްދަވަމުން ގެންދަވާކަން ނަޝީދު ފާހަގަ ކުރެއްވިއެވެ.

ގިނަ ދުވަސްތަކެއް ވަންދެން މަޖިލީސް މެމްބަރުން ސަލާމުގައި ތިބޭ ކަމީ ކޮންމެ ދައުރެއް ނިމޭ އިރު ރައްޔިތުން ކަންބޮޑުވުން ފާޅު ކުރާ ކަމެކެވެ. އަދި މީގެ ކުރިންވެސް ރައްޔިތުން ވަނީ މަޖިލީހުގެ މެމްބަރުންގެ ސަލާމަށް އަދި ޗުއްޓީއަށް "ލިމިޓެއް" ކަނޑައެޅުމަށާއި، ގަޑި ޖެހޭ މެމްބަރުންގެ މުސާރައިން އެގަޑިއަށް ލާރި ކެނޑުމަށް ގޮވާލާފައެވެ. އަދި ގަބޫލުކުރެވޭނެ އުޒުރެއް ނެތި މަޖިލީހަށް ހާޒިރުނުވާ މެމްބަރުންގެ މުސާރަ ކެނޑެންވާނެ ކަމަށް ބުނެވެސް ރައްޔިތުންވަނީ އަޑު އުފުލާފައެވެ. ނަމަވެސް މިހާތަނަށް މިފަދަ އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް