ads
ފޮޓޯ:އެސްޓީއޯ
އެސްޓީއޯ އެޕެރެންޓިސްޝިޕް ޕްރޮގްރާމް ފެށުމަށް ޓިވެޓާއިއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފި
އެސްޓީއޯ އެޕެރެންޓިސްޝިޕް ޕްރޮގްރާމް އިފްތިތާހް ކުރުމަށްޓަކައި ޓެކްނިކަލް އެންޑް ވޮކެޝަނަލް އެޑިއުކޭޝަން އެންޑް ޓްރޭނިންގް އޮތޯރިޓީ (ޓިވެޓް) އާއި ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) އާއިއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފި އެވެ.

މިއަހަރު ޓިވެޓް އޮތޯރިޓީ އާއި އެސްޓީއޯއާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެސްޓީއޯ އެޕެރެންޓިސްޝިޕް ޕްރޮގްރާމްގައި 50 ބައިވެރިނަށް ހަތަރު ދާއިރާއަކުން ތަމްރީން ދޭނެއެވެ. 

އެ ހަތަރު ދާއިރާގެތެރޭގައި ހިމެނެނީ، އޮޓޯމޯޓިވް މެއިންޓަނެންސްގެ ދާއިރާއިން 10 ބައިވެރިންނާއި ކޮންޕިއުޓަރު ހާޑްވެޔާ އެންޑް ނެޓްވޯކިންގްގެ ދާއިރާއިން 2 ބައިވެރިންނާއި އިލެކްޓްރިޝަންގެ ދާއިރާއިން 2 ބައިވެރިންގެ އިތުރުން ރީޓެއިލް ސާވިސަސް ގެ ދާއިރާއިން 36 ބައިވެރިންނެވެ. އެއެޕްރެންޓިސްޝިޕް ޕްރޮގްރާމްއިން ފާސްވާ ބައިވެރިންނަށް ލެވެލް 3 ގެ ނެޝަނަލް ސެޓްފިކެޓްއެއް ލިބިގެންދާނެއެވެ.

އެސްޓީއޯއިން ބުނީ އެޕްރޮގްރާމްގެ މަގްސަދަކީ ވަޒީފާގެ ބާޒާރަށް ދިވެހީން ބިނާކޮށް އަދާ ކުރާ ވަޒީފާއަކާއި ގުޅޭ ތަމްރީނު ލިބިފައިވާ ފެންވަރު ރަނގަޅު ދިވެހީން އިތުރުކުރުން ކަމަށެވެ.

އެސްޓީއޯ އެޕެރެންޓިސްޝިޕް ޕްރޮގްރާމްކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ "ފުލްޓައިމް އެންޕްލޯޔާ ބޭސްޑް ޓްރެނިންގް" (މަސައްކަތު މާހައުލުގައިދެވޭ ތަމްރީނު) ޕްރޮގްރާމް އެއްގެގޮތުގައިއެވެ. މި ޕްރޮގްރާމްގެ ބައިވެރިންނަށް ވަޒީފާގެ މާހައުލުގައި އުޅެމުން މަސައްކަތުގެ ހުނަރު ދަސްކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި މީގެ އިތުރުން ވަޒީފާގެ ދާއިރާގެ މަސައްކަތާއި ގުޅޭގޮތުން އިތުރަށް އުގެނުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އެޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ ޓިވެޓް އޮތޯރިތީގެ ނެޝަނަލް ކޮންޕީޓަންސީ ސްޓޭންޑާޑްގެ މިންގަނޑުތަކާއި އަދި ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ މިންގަނޑުތަކާއި އެއްގޮތަށް ކަމަށް އެސްޓީއޯއިން މައުލޫމާތު ދެއެވެ.

އެ އެއްބަސްވުމުގައި ޓިވެޓް އޮތޯރިޓީގެ ފަރާތުން ސޮއި ކުރައްވާފައިވަނީ ޓިވެޓް އޮތޯރިޓީގެ ޑިރެކްޓަރު އާމިނަތު އާސްރާއެވެ. އަދި އެސްޓީއޯގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރައްވާފައިވަނީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު މަރިޔަމް ނުޒްލާއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް