ads
ފޮޓޯ--ސްޓެލްކޯ
އެއް އަދަދަކުން ކަރަންޓު ބިލަށް ފައިސާ ދެއްކޭ ޕްލޭނެއް ސްޓެލްކޯއިން ތާރަފްކޮށްފި
މާލެގައި ކަރަންޓުގެ ހިދުމަތް ދެމުން އަންނަ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ސްޓެލްކޯއިން ރައްޔިތުންނަށް އިތުރު ލުއިފަސޭހަތަކެއް ފޯރުކޮށްދިނުމަށް އީކުއަލް ޕޭމަންޓް ޕްލޭން ތައާރަފްކޮށްފި އެވެ.

ހަމައެކަނި އާންމު ގޭބިސީތަކަށް ބައިވެރިވޭ ގޮތަށް ތައާރަފުކުރި "އީކުއަލް ޕޭމަންޓް ޕްލޭން" އަކީ ގޭބިސީތަކުން ކަރަންޓު ބޭނުން ކުރާ ނިސްބަތުގެ އެވަރޭޖަށް ބަލައި، ކޮންމެ މަހަކުވެސް އެއް އަދަދަކުން ފައިސާ ދެއްކޭނެ ގޮތަށް ތައްޔާރުކޮށްފައިވާ ޕްލޭނެކެވެ.

އަދި އެ ޕްލޭން ތައާރަފުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުގުނީ ވިދާޅުވީ ވޭތުވެދިޔަ ދެ އަހަރު ކަސްޓަމަރުންގެ ފަރާތުން ލިބުނު ފީޑްބެކަށް ބަލާއިރު، ކަސްޓަމަރުން އެފަދަ ޕްލޭނެއް ބޭނުންވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

މީގެ އިތުރުން އެފަދަ ޕްލޭންތައް ބޭރު ގައުމުތަކުގައި މިހާރުވެސް ބޭނުންކުރަމުންދާ ކަމަށާއި މިއީ ރާއްޖޭގައި ޔުޓިލިޓީ ކުންފުންޏަކުން މިފަދަ ޕްލޭނެއް ތައާރަފުކުރި ފުރަތަމަ ފަހަރު ކަމަށް މުގުނީ ވިދާޅުވިއެވެ.

ސްޓެލްކޯގެ އީކުއަލް ޕޭމަންޓް ޕްލޭންގައި ބައިވެރިވެވޭނީ މީގެކުރިން ނުދައްކާ ހުރި ބިލްތަކަށްވާ ފައިސާ ދައްކާ ނިންމުމަށް ފަހުގަ އެވެ. އަދި ހިދުމަތް ހޯދޭނީ ކަރަންޓުގެ ހިދުމަތަށް ގޭބިސީއަކުން މަސްއޫލުވެރިވާ ފަރާތެއް ނުވަތަ އިމާރާތުގައި ކުއްޔަށް އުޅޭ ފަރާތެއްނަމަ އިމާރާތުގެ ވެރިފަރާތުގެ ހުއްދާއާއެކުގައެވެ. އަދި މީގެ ދަށުން ދިގުމުއްދަތަކަށް ބިލްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއްވެސް ގާއިމުވެގެން ދާނެކަމަށް ސްޓެލްކޯއިން ވަނީ ބުނެފަ އެވެ.

your imageފޮޓޯ--ސްޓެލްކޯ

މީގެ އިތުރުން ސްޓެލްކޯއާއި ކަސްޓަމަރު ބޭނުންވެއްޖެ ހިނދެއްގައި އެ ޕްލޭން އަލުން މުރާޖާކުރުމުގެ އިހްތިޔާރު ދެފަރާތަށް ވެސް ކޮންމެ 6 މަހަކުން ލިބިގެންދާނެކަމަށް ސްޓެލްކޯއިން މައުލޫމާތު ދެއެވެ.

އަދި އެހިދުމަތަށް ފައިސާ ނަގާނެ މިންވަރު ބެލުމަށް ހަމަޖެހިފައިވަނީ 2019 ވަނަ އަހަރުގެ ގޭބިސީތަކުގެ ކަރަންޓު ބޭނުންކޮށްފައިވާ އިންސައްތައަށް ބެލުމަށްފަހުގައިކަމަށް ސްޓެލްކޯއިން ބުނިއެވެ. ސްޓެލްކޯއިން އެހިދުމަތް ފަށަން ނިންމާފައިވާއިރު ވޭތުވެދިޔަ މަސްތަކުގެ ތެރޭގައި އިންސްޓޯލްމަންޓް އުސޫލުން ފައިސާ ދެއްކޭނެ އިންތިޒާމު އެކުންފުނީގެ ތިންހާހަށްވުރެ ގިނަ ކަސްޓަމަރުންނަށް ހަމަޖައްސައިދީފައިވާކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ. އެހެންކަމުން އެޕްލޭނާއެކު ކަސްޓަމަރުންނަށް ފަސޭހަވަގެން ދާނެކަމަށް ސްޓެލްކޯއިން ގަބޫލުކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް