ads
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅާ ހިޔާ ފްލެޓްތައް--- ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް
ހިޔާ ފްލެޓުތަކުގެ ފެނާއި ނަރުދަމާނިޒާމުގެ މަސައްކަތް އެމްޑަބްލިއެސްސީއިން ނިންމާލައިފި
ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ބިނާކުރެއްވި ހިޔާ ފްލެޓުތަކުގެ ފެނާއި ނަރުދަމާގެ މަސައްކަތް އެމްޑަބްލިއެސްސީ ނިންމާލައިފިއެވެ.

އެމްޑަބްލިއުއެސްސީ މިއަދު އިން ބުނެފައިވަނީ އެ މަސައްކަތް އެ ކުންފުނިން ނިންމާލާފައިވަނީ ތާވަލުކުރި މުއްދަތަށްވުރެ ކުރިން ކަމަށެވެ. އަދި އެ މަޝްރޫއުގެ ދަށުން ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ 3.7 ކިލޯމީޓަރުގެ ދިގު ފެނުގެ މައި ނެޓްވޯކް އާއި، 3.5 ކިލޯ މީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯކް އަދި 200 މީޓަރުގެ ދިގު ޕަމްޕިން ލައިން ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމް ކުރެވިފައިވާ ކަމަށް އެމްޑަބްލިއުއެސްސީ އިން މައުލޫމާތު ދެއެވެ.

މީގެ އިތުރުން ހިޔާ ފްލެޓުތަކުގެ ސަރަހައްދުގައި ނަރުދަމާ ޕަމްޕިން ސްޓޭޝަން ބަހައްޓައި 16 ޓަވަރަށްވެސް ވަނީ ނަރުދަމާގެ ކަނެކްޝަން ގުޅާދެވިފައި ކަމަށާއި ހުރިހާ ފްލެޓުތަކެއްގައިވެސް މިހާރު ވަނީ ފެން މީޓަރުވެސް ހަރު ކުރެވިފައި ކަމަށް އެމްޑަބްލިއުއެސްސީ އިން ހާމަކުރެ އެވެ.

ހިޔާ މަޝްރޫއު ދަށުން ބިނާކޮށްފައިވާ 7000 ފުލެޓްގެ ދާއިމީ ލިސްޓު ވަނީ މިމަހުގެ ތެރޭގައި ނެރެފަ އެވެ. ނަމަވެސް އެ ލިސްޓާ މެދު ގިނަ ބަޔަކު އަދިވެސް ދަނީ ނުރުހުން ފާޅުކުރަމުން ނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް