ads
މާޔަން އަދި މަޖިލީސް ރައީސް ނަޝީދު
ކުޅިވަރު ތެރޭ އޮތް ކޮރަޕްޝަންގެ ޝަކުވާތަކާ އެކު މާޔަން މަޖިލީހަށް
ކުޅިވަރުތެރޭގައި އޮތް ކޮރަޕްޝަނާ، ތަފާތުކުރުންތައް، މާޔަމް މުހައްމަދުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާ ހިއްސާކޮށްފިއެވެ. މާޔަންއަކީ، ދާދި ފަހުން އޭއެފްސީގެ އިންތިހާބުގައި ހިނގާދިޔަ ކަންތައްތަކާ ގުޅިގެން އެ ފެޑެރޭޝަނާ ދެކޮޅަށް ދުނިޔޭގެ ކުޅިވަރުގެ އެންމެ މަތީ ކޯޓް، ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސްގައި ދައުވާ އުފުލައި އެ ދައުވާ ކާމިޔާބުކޮށްފައިވާ ދިވެހި ކުޅިވަރުގައި ފާހަގަކޮށްލެވޭ އަންހެން ޝަހްސިއްޔަތެކެވެ.

ރައްޔިތުންގެ މަޖިލީހުގައި އަންގާރަ ދުވަހު ރައީސް ނަޝީދާ ބައްދަލުކުރުމަށް ފަހު ކުރި ޓްވީޓްތަކެއްގައި މާޔަންވަނީ ބައިނަލް އަގްވާމީ އަދި ގައުމީ ކުޅިވަރު ހަރަކާތްތަކުގެ ތެރޭގައި އޮތް ކޮރަޕްޝަނާ އަދި ތަފާތުކުރުންތަކުގެ ވާހަކަ މަޖިލީހުގެ ރައީސާ ހިއްސާ ކުރިކަމަށް ބުނެފައެވެ. އަދި އެކަން ކަމުގައި ރައީސް ނަޝީދުގެ ފަރާތުން ދެއްވާ ތަރުހީބަށް މާޔަން ޝުކުރު އަދާކޮށްފައިވެއެވެ. 

މާޔަންވަނީ އޭއެފްސީގެ އިންތިޚާބުގައި ހިނގައިދިޔަ ކަންކަން ސްޕޯޓްސް ކޯޓް އޮފް އާބިޓްރޭޝަނަށް ހުށަހަޅައި، އެ މައްސަލަ ކާމިޔާބުކޮށްފައެވެ. މާޔަން ހުށަހަޅާފައިވަނީ ދެހާސް ނަވާރަވަނަ އަހަރު އޮތް އޭއެފްސީ އެކްސްކޯގެ ސައުތު ގޮނޑިއަށް މާޔަންއާ ވާދަކުރި ބަންގްލަދޭޝްގެ މަހްފޫޒާ އަޚްތަރު ކިރަންއަށް އެ އިންތިހާބު ކާމިޔާބުކޮށްދޭން، އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާގެ ރައީސް ކުވޭތުގެ އަހުމަދު އަލް-ސަބާހް ނުފޫޒު ފޯރުއްވި މައްސަލައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް