ads
ވ.ފޮއްތެޔޮ ބޮޑުފުށި
ވ.ފޮއްތެޔޮ ބޮޑުފުށިން މަރުވެފައި އޮތް މީހަކު ފެނިއްޖެ
ވ.ފޮއްތެޔޮ ބޮޑުފުށިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެއެވެ.

ފުލުހުން ބުނީ ވ. ފޮއްތެޔޮ ބޮޑުފުށިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިގެން އެކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު 11:02 ހާއިރު ކަމަށެވެ. އަދި އޭނާ ފެނުނީ އެ ރަށަށް ދަނޑިކަނޑަން ގޮސްއުޅުނު ބަޔަކަށް ކަމަށާއި، ބެލެވޭގޮތުގައި އެއީ ބިދޭސީއެއްގެ ހަށިގަނޑު ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. 

ފުލުހުން ބުނީ އެމީހާގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި އަދި މިހާދިސާ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ. 

ވ.ފޮއްތެޔޮ ބޮޑުފުށިން މަރުވެފައި އޮތް މީހެއްގެ ހަށގަނޑު ފެނުނު އިރު ހަމަ އެއަތޮޅު އަންބަރާ ކައިރިން އޮޔާ ދަނިކޮށް މިއަދު ވަނީ ބިދޭސީއެއް ސަލާމަތް ކޮށްފައެވެ. އެގޮތުން އޮޔާދިޔަ ޑިންގީ އެއްގެ ތެރެއިން ބިދޭސީއެއް ފެނިގެން އެކަމުގެ މައުލޫމާތު އެމްއެންޑީއެފްއަށް ލިބުނީ މިއަދު 17:12 ހާއިރު ކަމަށާއި، އޭނާގެ އަތުގައި ހުރި ލިޔެކިޔުންތަކަށް ބަލާއިރު އޭނާ އަކީ ލަންކާ މީހެއް ކަމަށް ބެލެވޭ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް