ads
އޭޑީކޭ ހޮސްޕިޓަލަށް ގެނައި ޕީސީއާރު މެޝިން--
އިތުރު 5 ޕީސީއާރު މެޝިން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން: މިނިސްޓަރު ނަސީމް
ކޮވިޑް ޕީސީއާރު ޓެސްޓު ކުރާނެ އިތުރު 5 މެޝިން ހޯދުމުގެ މަސައްކަތް މިހާރު ކުރެވެމުންދާކަމަށް ހެލްތު މިނިސްޓަރު ކެރަފާ އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ހެލްތު މިނިސްޓަރު ނަސީމް މިހެން ވިދާޅުވީ، ރައްވެހި ފަތިސް ކެމްޕެއިން ޓީމުތަކާއި އެކު ބާއްވާ ބައްދަލުވުންތަކުގެ ތެރެއިން މިރޭ ބޭއްވުނު ބައްދަލުވުމުގައި ފުވައްމުލަކު ސިޓީން ކައުންސިލް އިންތިހާބަށް ވާދަކުރާ ކެނޑިޑޭޓުންނާއި މުހާތަބުކުރައްވައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން މިވަގުތު ފުވަށްމުލަށް ސިޓީގެ ކޮވިޑުގެ ހާލަތު އޮތްގޮތުން އެސިޓީގައި ޕީސީއާރު ޓެސްޓު ކުރެވޭނެ އެންމެ ފުރިހަމަ އިންތިޒާމު ނެތުމުން އެކަމަށް ހައްލު ހޯދައިދެއްވާނެކަމުގެ ޔަގީންކަން މިނިސްޓަރު ނަސީމް ވަނީ ދެއްވާފައެވެ. 

މިނިސްޓަރު ނަސީމް ވިދާޅުވީ، ފުވައްމުލަކު ހޮސްޕިޓަލުގައި މިވަގުތުވެސް ޖީން އެކްސްޕާޓް މެޝިނެއް ހުންނާނެ ކަމަށާއި، އެ މެޝިނުންވެސް ކޮވިޑާއި ގުޅުންހުރި ބައެއް ޓެސްޓުޓަށް ކުރެވޭނެ ކަމަށެވެ. ނަމަވެސް މިނިސްޓްރީގައި މިވަގުތު އިތުރު ޕީސީއާރު ޓެސްޓު މެޝިނެއް ނެތްކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. 

މިކަން ފާހަގަކުރައްވަމުން މިނިސްޓަރު ނަސީމް ވިދާޅުވީ، އިތުރު 5 ޕީސީއާރު ޓެސްޓު މެޝިން ހޯދުމުގެ މަސައްކަތް، ޑަބްލިއުއެޗްއޯ މެދުވެރިކޮށް މިނިސްޓްރީން މިހާރު ކުރަމުން އަންނަ ކަމަށާއި، މާ ލަސްތަކެއް ނުވެ އެ 5 މެޝިން ލިބޭނެކަމުގެ ޔަގީންކަން ޑަބްލިއު އެޗްއޯއިން ދެއްވާފައިވާ ކަމަށެވެ. އަދި އެ މެޝިންތައް ލިބުމުން ފުވައްމުލަކުގައި ވެސް ޕީސީއާރު ޓެސްޓު ކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް މިނިސްޓަރު ނަސީމް ވިދާޅުވިއެވެ. 

ރާއްޖޭގައި ކޮވިޑް ފެތުރޭ މިންވަރު އަނެއްކާވެސް އިތުރު ވެފައިވާއިރު، މާލެސިޓީގެ އިތުރުން އަތޮޅުތެރޭގެ ބައެއް ސަރަހައްދު ތަކުގައިވެސް ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތައް ވަނީ އަރާފައެވެ. އެގޮތުން ފުވައްމުލަކު ސިޓީން ކޮވިޑުގެ ކޭސްތައް ފެނި އެސިޓީވެސް ވަނީ މޮނީޓަރީންއަށް ލާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް