ads
މެސީ އަދި އެމްބާޕޭ
ޗެމްޕިއަންސް ލީގު: އެމްބާޕޭގެ ހެޓްރިކާއެކު ބާސެލޯނާ ސައިޒުކޮށްފި
ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ސްޓޭޖުގައި ޕީއެސްޖީއާ ބާސެލޯނާ ކުޅުނު މެޗު ފަހަތުން އަރައި ބޮޑު ތަފާތަކުން ޕީއެސްޖީ ކާމިޔާބުކޮށްފި އެވެ. ބާސެލޯނާގެ ދަނޑުގައި ކުޅުނު މި މެޗުން ޕީއެސްޖީ މޮޅުވީ ހަތަރު ލަނޑު އެއް ލަނޑުންނެވެ.

ކޭމްޕް ނޯގައި ކުޅުނު މި މެޗުގައި ފުރަތަމަ ހާފުގެ ތެރޭގައި ލިބުނު ޕެނަލްޓީއަކުން ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ބާސެލޯނާއިންނެވެ. މި ލަނޑު ޖެހީ ކެޕްޓަން މެސީއެވެ. ޕީއެސްޖީ އަށް ނަތީޖާ ހަމަހަމަކޮށް ދިނީ ފުރަތަމަ ހާފުގެ ފަހު ފަނަރަ މިނިޓްގެ ތެރޭގައި އެމްބާޕޭއެވެ. އެމްބާޕޭގެ އަނެއް ދެ ލަނޑު ޖެހީ ދެވަނަ ހާފުގައެވެ. ޕީއެސްޖީގެ ހަތަރުވަނަ ލަނޑަކީ މޯސޭ ކީން ޖެހި ލަނޑެކެވެ. ޕީއެސްޖީން މި މެޗުގައި ކުޅުނީ އަނިޔާގެ ސަބަބުން ނޭމާ ނުހިމަނައެވެ.

ޕީއެސްޖީއާ ބާސާގެ ދެވަނަ ލެގު އޮންނާނީ މާރިޗު މަހުގެ ތެރޭގައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް