ads
ފަތުރުވެރިން އައުން-- ފޮޓޯ: ވީއައިއޭ
މިމަހުގެ މިހާތަނަށް ބައި ލައްކައަށް ވުރެ ގިނަ ފަތުރުވެރިން އަތުވެއްޖެ
ފެބްރުއަރީ މަހުގެ މިހާތަނަށް ރާއްޖެއަށް 52،943 ފަތުރުވެރިން ޒިޔާރާތްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ކޮންމެ ދުވަހަކު އާންމުކުރަމުން އަންނަ ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރުގެ މިހާތަނަށް އައި ފަތުރުވެރިންގެ ޖުމްލަ އަދަދު 145،046 ގައި އުޅޭއިރު އޭގެ ތެރެއިން 52،943 މީހުންނަކީ ފެބްރުއަރީ މަހުގެ ތެރޭގައި އައި މީހުންނެވެ. 

އަދި މިމަހު އެންމެ ގިނަ ބަޔަކު އައީ މިމަހުގެ 14 ވަނަ ދުވަހު އެވެ. އެއީ 4856 މީހެކެވެ. 

އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތްކުރި ގައުމުތަކަށް ބަލާއިރު ލިސްޓުގެ ކުރީގައި އުޅުނީ ރަޝިޔާ އެވެ. އެގައުމުން 31،798 މީހުން އައިސްފައިވާއިރު ކުޑަ ތަފާތަކާއެކު ދެވަނައިގައި އޮތް އިންޑިއާއިން ވަނީ 31،739 މީހުން އައިސްފަ އެވެ. އަދި އެ ލިސްޓުގެ ތިން ވަނައިގައި ޔޫކްރެއިން އޮތީ 10،130 ފަތުރުވެރިނާއެކު އެވެ. 

މިދިޔަ އަހަރު ނިމުނުއިރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި ގައުމުގެ ގޮތުގައި އޮތީ އިންޑިއާ އެވެ. އަދި ކުޑަ ތަފާތަކާއެކު ދެވަނައިގައި އޮތީ ރަޝިޔާ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް