ads
އައްޑޫ ސިޓީ ހިތަދޫ---
މި މަހުގެ 23 ގެ ނިޔަލަށް އައްޑޫގެ މިސްކިތްތައް ބަންދުކުރަން ނިންމައިފި
އައްޑޫގެ ކޮވިޑް-19 ގެ ހާލަތަށް ރިއާޔަތްކޮށް މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް އެ ސިޓީގައި ޖަމާއަތް ހަދައިގެން ނަމާދު ނުކުރަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އައްޑޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާތީ އާއި ހާލަތު އިތުރަށް ގޯސްވެދާނެ ކަމަށް ކަމާއި ބެހޭ އިދާރާތަކުން މައުލޫމާތުދޭތީ މިހާރުގެ ހާލަތަށް ރިއާޔަތްކޮށް، މިއަދުގެ މަޢްރިބް ނަމާދުން ފެށިގެން މިމަހުގެ 2 ވަނަ ދުވަހުގެ އިޝާ ނަމާދުގެ ނިޔަލަށް އައްޑޫގެ ހުރިހާ މިސްކިތެއްގައި ވެސް ނަމާދު ޖަމާއަތުގައި ނުކުރަން އަންގާ ކަމަށެވެ.

އެހެންނަމަވެސް އެފަދަ ހާލަތްތަކުގައި މިސްކިތުގައި ބަންގި ގޮވާނެ ކަމަށް ބުނެފައިވެ އެވެ. 

އަދި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުނުކުރި ނަމަވެސް ނަމާދު ބަރާބަރަށް ކުރުމަށާއި ސުންނަތް ނަމާދު ގިނަ ކުރުމަށް ވެސް މިނިސްޓްރީން ނަސޭހަތްތެރިވެ އެވެ.

އައްޑޫގެ މިސްކިތްތައް ބަންދުކުރަން ނިންމި ނިންމުން ދަންމާލާފައިވާއިރު އައްޑޫގައި މިވަގުތު ކޮމިއުނިޓީ ސްޕްރެޑެއް ނެތް ކަމަށާއި އަދި އެ ސިޓީގައި ގާތްގަނޑަކަށް ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރެވިފައިވާ ކަަމަށް އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް