އޮޔާ ދަނިކޮށް ފެނުނު ބިދޭސީ މިހާ.. ފޮޓޯ: އެމްއެންޑީއެފް
މަރުވެފައި އޮއްވާ ފެނުނުމީހާއި ޑިންގީން ސަލާމަތްކުރި މީހުންނަކީ މަސްވެރިން: ފުލުހުން
Share
ވ.ފޮއްތެޔޮ ބޮޑުފުށިން މަރުވެފައި އޮއްވާ ފެނުނު މީހާއާއި ހަމަ އެއަތޮޅު އަންބަރާ ބޭރުން ކަނޑުމަތިން އޮޔާ ދަނިކޮށް އިއްޔެ ސަލާމަތްކުރި މީހާ ނިކުމެ އުޅުނީ މަސްވެރިކަން ކުރަން ކަމަށް ފުލުހުން ބުނެފި އެެވެ.
Advertisement

މިހާދިސާގެ އެންމެފަހުގެ މައުލޫމާތު ހިއްސާކުރަމުން ފުލުހުން ބުނީ އެދެމީހުންނަކީވެސް ލަންކާއިން މަސްވެރިކަަމަށް ނިކުމެ އުޅެނިކޮށް ބެހިގެން ރާއްޖެއައި ބައެއްކަން މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކުން އެގޭކަމަށެވެ.

އަދި އެ ދެމީހުން މަސްވެރިކަަމަށް ނިކުމެފައިވަނީ މިދިޔަ ޖެނުއަރީމަހުގެ 30 ވަނަ ދުވަހު ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ އެމައްސަލާގައި އިތުރަށް ސާފުކުރަންޖެހޭ ކަންކަން ކަމާއިގުޅުންހުރި އިދާރާތަކާއި ގުޅިގެން މިހާރު ސާފުކުރަމުންދާ ކަމަށެވެ. 

ވ.އަންބަރާ ބޭރުން ކަނޑުމަތިން އޮޔާ ދަނިކޮށް ފެނުނު ޑިންގީގައި ހުރި ބިދޭސީއެއް އިއްޔެ ހަވީރު އެމްއެންޑީއެފްގެ މާލެ އޭރިއާ ކޯސްޓްގާޑުން ވަނީ ސަލާމަތްކޮށްފައެވެ. އަދި އޭނާ އަތުގައި ހުރި ލިޔެކިއުންތަކުން އޭނާ އަކީ ސްރީލަންކާއަށް ނިސްބަތްވާ މީހެއް ކަމަށް ބެލެވޭ ކަމަށްވެސް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ. 

އަނެއްކޮޅުން ހަމަ އެއަތޮޅު ފޮއްތެޔޮ ބޮޑުފުއްޓަށް ދަނޑިކަނޑަން ގޮސްއުޅުނު ބަޔަކަށް މަރުވެފައި އޮތް މީހަކު ފެނިގެން އިއްޔެ 11:02 ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށާއި، އެއީ ބިދޭސީއެއްގެ ހަށިގަނޑުކަމަށް ބެލެވޭކަމަށްވެސް ފުލުން ވަނީ މީގެކުރިން ބުނެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް