ads
ފޮޓޯ:އައްޑޫ ލައިވް
ހިމާޔަތްކުރާ ދިރޭތަކެއްޗާ ބެހޭ ގަވާއިދު އާއްމުކޮށްފި
ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ގާނޫނުގެ ދަށުން ހިމާޔަތްކުރާ ދިރޭތަކެއްޗާބެހޭ ގަވައިދެއް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން މިއަދު ގެޒެޓުކޮށްފި އެވެ.

އެގަވައިދަށް ކިޔަނީ "ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭ ތަކެއްޗާބެހޭ ގަވާއިދު" އެވެ. އެގަވާއިދު ގެޒެޓު ކުރެވުމާއި ގުޅިގެން ތިމާވެށީގެ ގާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ ދިރޭތަކެއްޗާމެދު ޢަމަލުކުރެވިގެންދާނީ އެގަވައިދުގައި ބުނާގޮތަށެވެ.

މި ގަވާއިދުގެ މަ ގުސަދަތަކުގެ ތެރޭގައި ދިރޭ ތަކެއްޗާއި، އެ ތަކެތީގެ ވެށްޓާއި، ގުޅިލާމެހިގެން ހިނގަމުންދާ ނިޒާމުތަކުގެ ދުޅަހެޔޮކަމާއި، ގުދުރަތީ ވަސީލަތްތަކުން ލިބޭ ހިދުމަތްތަކާއި، ގިނަގުނަވެގެންވާ ފައިދާ ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކޮށް ބެލެހެއްޓުމާއި ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރާ ތަކެތި ކަނޑައެޅުމުގައާއި، އެ ތަކެތި ބެލެހެއްޓުމުގައި، ހަރުދަނާ އުސޫލުތައް ޤާއިމުކޮށް، އެ އުސޫލުތަކަކީ ހުރިހާ ފަރާތެއްގެ ބައިވެރިވުން ހިމެނިގެންދާ، ދެފުށް ފެންނަ އުސޫލުތަކެއްކަން ކަށަވަރުކުރުމާއި، ތިމާވެށީގެ ގޮތުން މުހިންމު ދިރޭ ތަކެއްޗާއި، އެ ތަކެތީގެ ދިރުމަށް މުހިންމު ސަރަޙައްދުތައް ދެނެގަތުން އަދި އިނަލްއަގްވާމީ ގޮތުން ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތި ރައްކާތެރިކޮށް، އެ ތަކެތީގެ ނަސްލުތައް ދެމެހެއްޓުމަށް ކުރެވެމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމާއި، ގައުމީ ފެންވަރުގައި މައިމަގަށް ނެރުމާއި، އެފަދަ ދިރުންތައް ހިމާޔަތްކުރުމަށް ޤައުމީ ފެންވަރުގައި ކުރެވެންހުރި މަސައްކަތްތައް ކުރުން ހިމެނެއެވެ

އޭގެ އިތުރުން ގުދުރަތީ ގޮތުގައި ނުވަތަ ތަބީޢީ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރާ ތަކެތި ކަނޑައެޅުމުގައާއި، އެ ތަކެތީގެ މާހައުލުގައި އުޅޭއިރު، އެ ތަކެއްޗަށް ގެއްލުން ލިބިދާނެ ފަދަ އެންމެހައި ކަންތައްތައް ހުއްޓުވުމާއި ފުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ރައްކާތެރިކޮށް ހިމާޔަތްކޮށްފައިވާ ދިރޭ ތަކެތީގެ ޑާޓާބޭސްއެއް ޤާއިމުކޮށް ބެލެހެއްޓުމާއި، ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ހާލަތު އަންގުވައިދޭ ލިސްޓެއް އެކުލަވައިލައި ބެލެހެއްޓުން އަދި ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭ ތަކެތި ކަނޑައެޅުމުގައި މުޖުތަމައުގެ ބައިވެރިވުމާއި ހޭލުންތެރިކަން އިތުރުކުރުންމުގެ އިތުރުން ދުރަތީ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭ ތަކެއްޗާބެހޭ ތަހުލީލުތައް ކުރުމުގެ އުސޫލުތައް ހަރުދަނާކުރުންވެސް މި ގަވާއިދުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެއެެވެ.

އެގަވާއިދުގައި ހިމެނޭ ބައިތަކުގެ ތެރޭގައި، ހިމާޔަތްކުރާ ތަކެއްޗަށް މެނޭޖްމަންޓް ޕްލޭން ހެދުމާއި، ނެތިދިއުމުގެ ބިރު ހީވެފައިވާ ދިރޭތަކެތީގެ ލިސްޓެއް އެކުލަވާލުމާއި، ހިމާޔަތް ކުރާ ދިރޭތަކެތި ބަލަހައްޓާ ތަންތަން ރަޖިސްޓްރީ ކުރުމާއި އެތަކެތީގެ ދިރާސާކުރުމާބެހޭ އިޖުރާއަތްތައް ހިމެނެއެވެ. 

އޭގެ އިތުރުން ހިމާޔަތްކޮށްފައިވާ ތަކެއްޗާމެދު ގަވައިދާ ހިލާފަށް އަމަލު ކުރާ ފަރާތްތަކާމެދު އަޅާނެ ފިޔަވަޅުތައްވެސް މި ގަވައިދުގައި ތަފްސީލުކުރެވިފައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް