ads
ނިކީ މިނާޖް އޭނާގެ ބައްޕައާއެކު ---
ނިކީ މިނާޖުގެ ބައްޕަގެ މަރުގެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފި
ލަވަކިއުންތެރިޔާ ނިކީ މިނާޖުގެ ބައްޕަ ރޮބާޓް މަރުވެފައިވަނީ އެމެރިކާގެ ނިއުޔޯކް ސިޓީގެ ލޯންގް އައިލެންޑްގެ މިނޯލާގެ މަގެއްގައި ހިނގާފައި ދަނިކޮށް، ކާރެއްގައި ޖެހިގެން ކަމަށް ނަސައު ކަންޓްރީ ޕޮލިސް އާއި ހަވާލާދީ ހޮލީވުޑްގެ ބައެއް ހަބަރުތަކުގައި ބުނެފައިވެއެވެ.

އެގޮތުން މި އެކްސިޑެންޓް ހިނގުމުން ކާރު ދުއްވަން އިން މީހާ އެކްސިޑެންޓު ސީނުން ވަނީ ފިލާފައެވެ. އަދި ރޮބާޓް ހޮސްޕިޓަލަށް ގެންދިޔަ ފަހުން، ހޮސްޕިޓަލުން އޭނާ މަރުވިކަން އަންގާފައިވަނީ ހޮނިހިރު ދުވަހު ކަމަށް ހަބަރުތަކުން ބުނެއެވެ.

މި އެކްސިޑެންޓާއި ގުޅިގެން ފުލުހުން ވަނީ އާންމުންގެ އެހީތެރިކަމަށް އެދިފައެވެ. އަދި މި އެކްސިޑެންޓުގެ މައުލޫމާތެއް، ނުވަތަ އެކްސިޑެންޓު ހިނގިތަން ފެނުނު މީހަކު ހޯދުމަށް ފުލުހުން ވަނީ އިއުލާނު ކޮށްފައެވެ.

ރިިޕޯޓްތައް ބުނާ ގޮތުން މި މައްސަލާގައި މިހާރު ފުލުހުން ވަނީ ސީންއިން ފިލި ކަމަށް ބުނާ 70 އަހަރުގެ މީހަކު ހައްޔަރުކޮށްފައެވެ. 

ފުލުހުން ބުނީ އެކްސިޑެންޓް ވުމާއިއެކު ނިކީގެ ބައްޕަ ރޮބަޓް ގާތު އޭނާގެ ހާލު ރަނގަޅުތޯ އެމީހާ އެހި ކަމަށާއި އެހެންނަމަވެސް އެޔަށްފަހު އޭނަ ވަނީ ސީން އިން ފިލާފައި ކަމަށެެވެ.

އޭނާގެ މައްޗަށް ކުރަނީ އިންސާނެއްގެ ފުރާނައަށް ގެއްލުން ދިނުމަށް ފަހު ފިލުމުގެ ތުހުމަތާއި ހެކި ނައްތާލަން އުޅުމުގެ ތުހުމަތެވެ. 

ނިކީ މިނާޖްގެ ބައްޕަ މަރުވުމާއި ގުޅިގެން މިހާތަނަށް ރަސްމީ ސިފައެއްގައި އޭނާ އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. 

ޓްރިނިޑާޑް އެންޑް ޓޮބަގޯގެ ސެންޓް ޖޭމްސް ސިޓީ އަށް އުފަން ނިކީގެ އަސްލު ނަމަކީ އޮނިކާ ތާންޔާ މަރާޖް އެވެ. އެމެރިކާގެ ނިއުޔޯކްގެ ކުއީންސް އަށް އުމުރުން ފަސް އަހަރުގައި އާއިލާ އާއެކު ހިޖުރަކުރި ނިކީ މިނާޖް މިއުޒިކް އިންޑަސްޓްރީގެ ދާއިރާ އަށް ވަދެފައި ވަނީ 2004 ވަނަ އަހަރު އެވެ. މިދިޔަ އަހަރު ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ނިކީ ވަނީ ފިރިހެން ކުއްޖަކު ވިހާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް