ads
ފޮޓޯ: އެމްޑަބްލިއުއެސްސީ
އެމްޑަބްލިޔުއެސްސީގެ ފައިސާގެ ރަސީދު ފޮނުވުމަށް ހާއްސަ ވެބްޕޭޖެއް
ޑައިރެކްޓް ބޭންކް ޓްރާންސްފާ ބޭނުންކޮށްގެން އެމްޑަބްލިޔުއެސްސީގެ ހިދުމަތްތަކަށް ފައިސާ ދައްކަވާ ފަރާތްތަކުން ފައިސާގެ ރަސީދު ފޮނުވުމަށް ހާއްސަ ވެބްޕޭޖެއް ހަދާފައިވާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެގޮތުން ފައިސާ ދެއްކެވުމަށް ފަހު، ހުރިހާ ފަރާތްތަކުން ވެސް ޓްރާންސެކްޝަންގެ ތަފްސީލާއި ރަސީދު ވެބްޕޭޖަށް ފޮނުވުމަށް އެމްޑަބްލިޔުއެސްސީ އިން ވަނީ އެދިފަ އެވެ.

ބައެއް ފަރާތްތަކުން ފައިސާ ދެއްކެވުމަށް ފަހު، އެ ވެބްޕޭޖް މެދުވެރިކޮށް ފޯމް ފުރިހަމަ ކޮށްފައިނުވާތީ އެ ފަރާތްތަކުގެ އެކައުންޓްތައް އަޕްޑޭޓްވުމުގައި އަދި ފައިސާ ދައްކާފައިވާ ފަރާތްތައް ދެނެގަތުމުގައި ދަތިތަކެއް ދިމާވަމުން ދާ ކަމަށް ވެސް އެ ކުންފުނިން ވަނީ ހާމަކޮށްފަ އެވެ.

އެހެންކަމުން ފައިސާ ދެއްކުމަށްފަހު ލިންކްގައިވާ މައުލޫމާތު ފުރިހަމަ ނުކުރާ ކަސްޓަމަރުން ވީ އެންމެ އަވަހަކަށް މައުލޫމާތު ފުރިހަމަ ކުރުމަށްފަހު، ފައިސާގެ ރަސީދު އެ ވެބްޕޭޖް މެދުވެރިކޮށް އެމްޑަބްލިޔުއެސްސީއާ ހިއްސާ ކުރުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފަ އެވެ.

އެކަމާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ހޯދުމަށް، އެމްޑަބްލިޔުއެސްސީގެ ހޮޓްލައިން ނަމްބަރު 105 އާ ގުޅުމުން އެ މައުލޫމާތު ލިބޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް