ads
ްބްރެޒިލްގައި ކޮވިޑް-19 ޖެހިގެން މަރުވެފައިވާ މީހެއް ސަންދޯކަށް ލައިގެން ގެންދަނީ---
ލަންކާގައި ކޮވިޑުގައި މަރުވާ މުސްލިމުންގެ ހަށިތައް އަދިވެސް ދަނީ އަންދަމުން
ކޮވިޑް-19 ޖެހިގެން ސްރީ ލަންކާގައި މަރުވާ މުސްލިމުން އަންދާލަން ނިންމި ނިންމުމަށް ފާޑުކިޔުން އަމާޒުވެ ކުރިމަތިވި ފިއްތުންތަކާއެކު މުސްލިމުން ވަޅުލާނެ ކަމަށް އެގައުމުން މިދިޔަ ހަފްތާގައި ބުނި ނަމަވެސް އަދިވެސް އެގޮތަށް އަމަލު ކުރަމުން ނުދާ ކަމަށް ބުނެފި އެވެ.

ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އިއްޔެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ވަނީ އެކަމުގެ ޔަގީންކަން އަރުވާފަ އެވެ.

ނަމަވެސް އެގައުމުގެ ހެލްތު މިނިސްޓްރީން އިއްޔެ ބުނީ އަދިވެސް ދަނީ ހަށިތައް އަންދަމުން ކަމަށެވެ. ހެލްތު ސާވިސަސްގެ ޑެޕިއުޓީ ޑިރެކްޓަރު ޑރ. ހިމާންތާ ހިރާތް ވިދާޅުވީ ކޮވިޑުގައި މަރުވާ މީހުންގެ ހަށިތަކަށް އަމަކު ކުރަމުންދަނީ އެގޮތަށް ނިންމި ނިންމުން ގެޒެޓުކޮށްފައި ވާތީ ކަމަށެވެ. 

އަދި އެ ނޫން ގޮތަކަށް އަމަލު ކުރެވޭނީ ގެޒެޓުގައި ޝާއިއުކުރި ގަވާއިދު އިސްލާހުކޮށްގެން ކަމަށް ވިދާޅުވި އެވެ. 

ކޮވިޑުގައި މަރުވާ އެންމެން އަންދާނެ ކަމަށް ލަންކާއިން ބުނީ އެމީހުން ވަޅުލައިފި ނަމަ ފެން ފަށަލަ ތަގައްޔަރުވެދާނެ ކަމުގެ ބިރު އޮތުމުން ކަމަށް ބުނެ އެވެ. ނަމަވެސް އެކަމަށް ބާރު ލިބޭ އެއްވެސް ހެއްކެއް ނެތެވެ.

އެކަމާ ހިތްހަމަނުޖެހި މުސްލިމުންނާއި އެހެން ދީނުތަކުގެ މީހުން ވެސް އިހްތިޖާޖުކޮށްފައި ވެއެވެ. އެގޮތުން ނަސާރާއިން ވެސް ހިތްހަމަނުޖެހުން ފާޅުކުރި އެވެ.

މުސްލިމުން ވަޅުނުލެވޭނެ ކަމަށް ބުނެ ލަންކާއިން އެންމެ ފުރަތަމަ އެދުނީ ކޮވިޑުގައި މަރުވާ މުސްލިމުން ރާއްޖޭގައި ވަޅުލުމަށެވެ. ނަމަވެސް އެކަމަށް އަމާޒުވި ފާޑުކިޔުމާއެކު ދިވެހި ސަރުކާރުން ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް