ads
ފެނާއި ނަރުދަމާގެ ނިޒާމް އިފްތިތާހުކުރުމުގެ ތެރެއިން——
11 ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ
ރާއްޖޭގެ 11 ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ޕްލޭނިން މިނިސްޓްރީން އިއުލާނު ކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީއިން ކޮށްފައިވާ އިއުލާނުގައި ބުނާގޮތުން ފެނާއި ނަރުދަމާގެ މަސައްކަތް ކުރުމަށް ހޯދަމުންދާ 11 ރަށްތަކީ ކ.ތުލުސްދޫ، ބ.ދޮންފަނު، ބ.ކިހާދޫ، ނ.މިލަދޫ، ނ.ލަންދޫ، ނ.މަގޫދޫ، ށ.ބިލަތްފަހި، ށ. ނޫމަރާ، ބ.ފުޅަދޫ، ބ.ފެހެންދޫ އެވެ. 

އެ މަސައްކަތް ކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ ޝަރުތުހަމަވާ ރާއްޖޭގެ ފަރާތްތަކަށެވެ.

އަދި އެ މަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގް (އެން.ސީ.ބީ) އުސޫލުގެ މަތިން ކަމަށާއި އެކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެ ކަމަށް ޕްލޭނިން މިނިސްޓްރީއިން ބުނެއެވެ.

އެ ބީލަންތަކުގައި ބައިވެރިވެވޭނީ ޕްލޭނިން މިނިސްޓްރީގެ "އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތުގެމަތީން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ކަމަށް ވެސް އެ އިއުލާނުގައި ވެއެވެ.

މީގެ އިތުރުން ކޮންމެ ބީލަމެއްގެ ބައިވެރިވުމަށް -/500 (ފަސްސަތޭކަ) ދިވެހި ރުފިޔާ ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެ ކަމަށް އިއުލާނުގައި ވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް