ads
ސޯހާ އާއި ދަރިފުޅު
ސޯހާ، ކޮންމެ ދުވަހަކު ދަރިފުޅަށް ކާންދެނީ ކޯޗެއްކަން އެނގޭތަ؟
ސިއްހަތަށް ފައިދާ ހުރެ ކާނާގެ ބާވަތްތައް ބޭނުންކުރުމަކީ ކޮންމެ ދުވަހަކު ވެސް ކުރަން ޖެހޭ ކަމެކެވެ. އެކަމަކު އަހަރެމެންގެ ތެރެއިން މަދު ބަޔަކު ނޫނީ އެކަމެއް ނުކުރެ އެވެ.

ބޮލީވުޑުގެ ތަރި، ސޯހާ އަލީ ހާނަކީ މި ފާހަގަކުރި މަދު މީހުންގެ ތެރޭގައި ހިމެނޭ ތަރިއެކެވެ. ސޯހާ އަކީ ސިއްހަތަށް ފައިދާ ހުރި ކާނާގެ ބާވަތްތައް ބޭނުންކުރާ ތަރިއެކެވެ. 

ސޯހާ ބުނީ 2020 ވަނަ އަހަރު ކިޔައިދިން އެންމެ ބޮޑު ފިލާވަޅަކީ ރަނގަޅު ކާނާގެ ބާވަތްތައް ކެއުން ކަމަށެވެ. އެހެން ނޫންނަމަ ނޭނގި ބޮޑު ބަލިމަޑުކަމެއް ވެސް ކުރިމަތިވެދާނެ ކަމަށެވެ. 

އެހެންކަމުން، މިއީ އެންމެން ވެސް ސިއްހަތަށް ފައިދާހުރި ރަނގަޅު ކާނާގެ ބާވަތްތައް ބޭނުންކުރަންވީ ދަނޑިވަޅު ކަމަށް ސޯހާ ބުނެ އެވެ.

ސޯހާ ބުނީ މަންމައެއްގެ ހައިސިއްޔަތުން ރަނގަޅު މިސާލަކަށް ވުމަކީ ކުރަންޖެހޭ ކަމެއް ކަމަށެވެ. އެއީ އޭނާގެ ދަރިއަށް ވެސް ރަނގަޅު ގޮތް ދަސްވާނެ އެއް ގޮތަކީ އެއީ ކަމަށްވާތީ ކަމަށް ސޯހާ ބުނެ އެވެ.

ސޯހާ ބުނީ، އޭނާ ރަނގަޅު ކާނާ ކާއިރު އަބަދުވެސް ގޭގައި އުޅޭ އެންމެން ވެސް ރަނގަޅު ކާނާ ކައިތޯ ބަލައި ކަމަށެވެ. އެގޮތުން ސްނެކްގެ ގޮތުގައި ވެސް އަލްމަންޑް ފަދަ ފާއިދާވާ ތަކެތި ބޭނުންކުރާ ކަމަށް އޭނާ ބުނެ އެވެ. 

ސޯހާ ބުނީ ކޮންމެ ދުވަހަކު ވެސް މުށެއްގެ އަލްމަންޑް އޭނާގެ ދަރިފުޅުގެ އަތަށް ކާން ދޭ ކަމަށެވެ. އަދި ކުކުޅު ބިހަކީ ވެސް ނިކަން ފައިދާވާ އެެއްޗެއް ކަމުން، ކޮންމެ ދުވަހަކު ގޭގައި އުޅޭ މީހުންނަށް ބިސް ކާންދޭ ކަމަށް ވެސް ބުނެ އެވެ. ސޯހާ ބުނާ ގޮތުންނަމަ ކޮންމެ ދުވަހަކު ވެސް މޭވާގެ ބާވަތްތައް ކެއުމަކީ މުހިއްމު ކަމެކެވެ.

33%
ކަމުގޮސްފި
11%
އަޑުއެހިތާ މިހުރީ
56%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް