ads
އައްޑޫ ސިޓީ ހިތަދޫ---
އައްޑޫ ކްލަސްޓާ: މިއަދު އެއްވެސް މީހަކު ޕޮޒިޓިވް ނުވޭ!
އައްޑޫ ސިޓީގައި އުފެދި ބޮޑުވަމުންދާ ކްލަސްޓާއިން މިއަދު އެކަކުވެސް ކޮވިޑް-19އަށް ޕޮޒިޓިވްވެފައި ނުވާކަމަށް އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.

އެ ސެންޓަރުން އާއްމުކޮށްފައިވާ އެންމެ ފަހުގެ އައްޑޫސިޓީ ކްލަސްޓާ އާއި ގުޅޭ މައުލޫމާތު ތަަކުން ދައްކާގޮތުގައި އެ ކްލަސްޓާއާއި ގުޅިގެން މިހާތަނަށް 219 ގެ ކަރަންޓީން ކޮށްފައިވާއިރު، 341 ޑައިރެކްޓް ކޮންޓެކްޓްސް ވަނީ ފާހަގަކުރެވިފައެވެ. އަދި މިހާތަަނަށް އެ ސިޓީ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ 63 މީހުން ވަނީ ފެނިފައެެވެ. 

އެއީ ހިތަދޫއިން ޕޮޒިޓިވްވެފައިވާ 20 މީހަކާއި، ހުޅުދޫމީދޫއިން ޕޮޒިޓިވްވެފައިވާ 26 މީހަކާއި އަދި، ފޭދޫއިން 13 މީހެއްގެ އިތުރުން މަރަދޫފޭދޫއިން ހަތަރު މީހުންނެވެ.

މީގެ އިތުރުން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ދެމީހުންނަށް ފަރުވާދެމުންދާއިރު މިއަދު ނެގުނު 196 ސާމްޕަލްގެ ތެރެއިން އެއްވެސް މީހަކު ބައްޔަށް ޕޮޒިޓިވްވެފައެއް ނުވެއެވެ. 

އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މައުލޫމާތު ދީފައިވާ ގޮތުގައި އައްޑޫގައި ކޮވިޑް ދެ ކްލަސްޓާއެއް ހިމެނޭއެެވެ. އެއީ ހުޅުމީދޫ އެމްޓީސީސީ ސައިޓުގެ ކުލަސްޓާއާއި އޭވިއޭޝަން ކްލަސްޓާ އެވެ. އޭވިއޭޝަން ކްލަސްޓާ އާ ގުޅުން ހުރި 300އަށްވުރެ ގިނަ މީހުން މިހާތަނަށް އައްޑޫ ސިޓީން ފާހަގަ ކުރެވިފައިވެ އެވެ.

ކޮވިޑްގެ ކޭސްތައް ގިނަވަމުން ދިޔުމާއި ގުޅިގެން އެޗްޕީއޭއިން ވަނީ ފުވައްމުލަކުގައި ރޭގަނޑު 8 އިން ފަތިހު 4 ޖެހުމާ ހަމައަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުމަކީ މަނާ ކަމެއްގެ ގޮތުގައި ކަނޑައަޅާފައެވެ. އަދި އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތާގައި އެއްވެ އުޅުމަކީ ވެސް މަނާ ކަމެއްގެ ގޮތުގައި ކަނޑައަޅާފައެވެ.

މީގެ އިތުރުން އައްޑޫގެ ކޮވިޑް-19 ގެ ހާލަތަށް ރިއާޔަތްކޮށް އިއްޔެއިން ފެށިގެން މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް އެ ސިޓީގައި ޖަމާއަތް ހަދައިގެން ނަމާދު ނުކުރަން ވެސް ވަނީ ނިންމާފައެވެ. އެހެންނަމަވެސް އެފަދަ ހާލަތްތަކުގައި މިސްކިތުގައި ބަންގި ގޮވާނެ ކަމަށް ބުނެފައިވެ އެވެ. 

އައްޑޫގެ މިސްކިތްތައް ބަންދުކުރަން ނިންމި ނިންމުން ދަންމާލާފައިވާއިރު އައްޑޫގައި މިވަގުތު ކޮމިއުނިޓީ ސްޕްރެޑެއް ނެތް ކަމަށާއި އަދި އެ ސިޓީގައި ގާތްގަނޑަކަށް ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރެވިފައިވާ ކަަމަށް އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް