ads
ޔުނައިޓެޑްގެ ބްރޫނޯ ފެނާންޑޭސް
ޔޫރޮޕާ ލީގު: ޔުނައިޓެޑަށް ފަސޭހަ މޮޅެއް
ޔޫރޮޕާ ލީގުގެ ނޮކްއައުޓް ސްޓޭޖުގެ ފުރަތަމަ ލެގުގައި ސްޕެއިންގެ ރިއާލް ސޮސިއެޑާޑް އަތުން މެންޗެސްޓަރ ޔުނައިޓެޑު ފަސޭހަ ކަމާއި އެކު މޮޅު ވެއްޖެއެވެ. ޔުނައިޓެޑު މި މެޗުން މޮޅުވީ ހަތަރު ލަނޑު ސުން ލަނޑުންނެވެ.

ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު މި މެޗަކީ ސޮސިއެޑާޑްގެ ހޯމް މެޗެވެ. އެކަމަކު މި މެޗު ކުޅުނީ އިޓަލީގައެވެ. އެއީ ކޮވިޑާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ހަރުކަށި ފިޔަވަޅުތަކުގެ ތެރެއިން އިންގްލޭންޑުން ސްޕެއިންއަށް ދަތުރުކުރެވޭނެ ގޮތެއް މި ވަގުތު ނެތުމުންނެވެ. އެހެންކަމުން ޔުނައިޓެޑުގެ އަވޭ މެޗުގައި މި ހޯދި ތަފާތު ބޮޑު ނަތީޖާގެ ސަބަބުން ޔުނައިޓެޑަށް މުބާރާތުގެ ކުއާޓާރގެ ފުރުސަތު ދެން ގެއްލޭނީ، ޔުނައިޓެޑުގެ ހޯމް މެޗުން ފަސް ލަނޑުގެ ތަފާތަކުން ބަލިވެގެންނެވެ.

ސޮސިއެޑާޑް- ޔުނައިޓެޑު މެޗުގައި ޔުނައިޓެޑުގެ ލަނޑުތައް ޖެހީ ބްރޫނޯ ފެނާންޑޭސް، މާކަސް ރަޝްފޯޑް އަދި ޑެނިއަލް ޖޭމްސްއެވެ. ފެނާންޑޭސް ދެ ލަނޑު ޖެހިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް