ads
ކަރީނާ އިންސްޓަގްރާމް ކުރި ހަދިއާ އެކު
ކަރީނާގެ ގެއަށް ބޮޑެތި ހަދިޔާތައް ފޮނުވަން ފަށައިފި
މިދުވަސްކޮޅު މުނިފޫހިފިލުވުމުގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުގެ ސުރުހީތަކުގެ އެންމެ ކުރިން ޖާގަ ހޯދަމުންދަނީ މިހާރު ވިހަން ތައްޔާރު ވަމުން އަންނަ ކަރީނާ ކަޕޫރުއެވެ. ގިނަ ބައެއް ވަނީ ކަރީނާ ވިހާ ދުވަހުގެ އިންތިޒާރުގައި ކެތް މަދުވެފައެވެ.

ކަރީނާގެ ފޭނުން އެންމެ ބަލާހިތްވާ ކަމަަކަށް އޮތީ ވިހާނީ އަންހެން ކުއްޖެއްތޯ ނުވަތަ ފިރިހެން ކުއްޖެއްތޯ އެވެ. ނަމަވެސް އެއަށް ބެލުމެއްނެތި ކަރީނާގެ ފޭނުންނާ އާއި އާއިލާ މީހުން އަންނަނީ ދަރިފުޅަށާއި އޭނާއަށް ބޮޑެތި ހަދިޔާތައް ފޮނުވަމުންނެެވެ.

އިއްޔެގެ ވަގުތެއްގައި ކަރީނާ ހޮސްޕިޓަލްގައި އެޑްމިޓް ކުރިކަމަށް އަޑުތައް ފެތުރުނެވެ. ނަމަވެސް އެ އަޑުތައް ފެތުރިފައި ވަނިކޮށް ކަރީނާ ވަނީ އޭނާ އާއި ދަރިފުޅަށް މީހުން ފޮނުވާފައި ހުރި ހަދިޔާތައް ބަލަން އުޅޭ މަންޒަރު އިންސްޓަގްރާމް ސްޓޯރީއަށް ލާފައެވެ. ކަރީނާ ދައްތަ ކަރިޝްމާ ކަޕޫރު ވެސް ވަނީ އެގެއަށް ގޮސް އުޅެނިކޮށް ފެނިފައެވެ.

އިންޑިޔާގެ ނޫސްތަކުގައި ރިޕޯޓް ކޮށްފައިވާ ގޮތުން ކަރީނާ ވިހަން ތައްޔާރުވަމުން ދަނީ މި ފެށޭ ހަފްތާގައެވެ.

މީގެ އިތުރުން ކަރިނާ ވަނީ ބަނޑުބޮޑުވެ ހުރެ ކޮވިޑްގެ ހާލަތުގައި ގިނަ އިސްތިހާރުތަކެއް ވެސް ކުޅެފައެވެ. އަދި އޭނާ ވަރަށް ގިނަ ތަންތަނަށް ދަތުރުކޮށްފައި ވެސް ވެއެވެ. ނަމަވެސް ދިވާލީއަށް އޭނާ ވަނީ އާއިލާ ކައިރިއަށް އަނބުރާ އައިސްފައެވެ.

ދެވަނަ ދަރިފުޅު ލިބުމަށް ވަރަށް ކައިރިވެފައިވާއިރު ސައިފް އަދި ކަރީނާ ވަނީ އާ ގެއަކަށް ވެސް ބަދަލު ވެފައެވެ. އެގޮތުން އެގޭގައި ޓެރަސް އަކާއި ޕޫލެއްގެ އިތުރުން ލައިބްރަރީއެއް އަދި ކުދިން ބޭރުގައި ކުޅޭ ޖާގަވެސް ގޯތިތެރޭގައި ހުރެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް