ads
މާލޭގައި މީގެކުރިން ބޭއްވި ނައިޓް މާކެޓެއްގެ ތެރެއިން
މާލޭގައި ވީކެންޑް މާކެޓެއް ބާއްވަނީ، ގިނަ ގޮޅިތަކެއް ދޫކުރާނެ
ކޮވިޑް 19ގެ ސަބަބުން އިގްތިސާދީ ގޮތުން އާއްމު ފަރުދުންނަށް ލިބުނު އަދި ލިބެމުންދާ ގެއްލުންތަކުން އަރައިގަތުމަށް މާލޭ ސިޓީ ކައުންސިލްގެ ފަރާތުން މާލޭގައި ވީކެންޑް މާކެޓެއް ބާއްވަން ނިންމައިފި އެވެ.

ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ސިޓީ ކައުންސިލްގެ މެޔަރު ޝިފާ މުހައްމަދު ވިދާޅުވީ ގޭތެރޭގައި ތިބެގެން ތައްޔާރުކުރާ ކާނާގެ ބާވަތްތަކާއި އެކި ކަހަލަ ދިވެހި އުފެއްދުންތައް އާއްމުންނާއި ހަމައަށް ނެރެދީ މާކެޓް ކުރުމުގެ ފުރުސަތު އެ ތަކެތި އުފައްދާ ފަރާތްތަކަށް މި މާކެޓް މެދުވެރިކޮށް ލިބިގެންދާނެކަމަށާއި އަދި މިހާރު ވީކެންޑް މާކެޓްގެ ގޮތުގައި ތަނެއް ތަރައްޤީކުރުމުގެ ކުރެހުންތަކާއި ހުރިހާ ޕްލޭނިންތަކެއް ވަނީ ނިމިފައި ކަމަށެވެ. 

އަދި މާކެޓް ބާއްވާނީ މާލޭ އިންޑަސްޓްރިއަލް ވިލެޖް ސަރަހައްދުގައިކަމަށާއި އަދި އެކަމަށް ބޭނުންވާ ހުއްދަތައް ހޯދުމަށް އިކޮނޮމިކް މިނިސްޓްރީއަށް ހުށައަޅާފައިވާކަމަށް ޝިފާ ވިދާޅުވިއެވެ. އަދި ކައުންސިލުން ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ވެސް ކުރައްވަމުން އަންނަކަމަށް ވެސް ޝިފާ ހާމަކުރެއްވި އެވެ.

ޝިފާ ވިދާޅުވީ ވީކެންޑް މާކެޓްގައި 120 އެއްހާ ގޮޅި ވިޔަފާރިތަކައް ދޫކުރެވިގެންދާނެ ކަމަށާއި އޭގެ އިތުރުން ޒުވާނުންގެ ބައެއް ހަރަކާތްތައް ހިންގުމާއި ކުޑަކުދިނަށް ހާއްސަކޮށް ކުޅޭ ސަރަހައްދެއް ގާއިމް ކުރުމަށް ވެސް ވަނީ ނިންމާފައި ކަމަށެވެ. އަދި މި ފެށޭ ހަފްތާގައި ވީކެންޑް މާކެޓެގެ ކަންކަމަށް އެދުމުގެ ފުރުސަތު ހުޅުވާލެވިގެން ދާނެ ކަމަށް ވެސް ޝިފާ ހާމަކުރެއްވި އެވެ.

މީގެ އިތުރުން އަމިއްލަ ފަރާތްތަކާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންގެ އުފެއްދުންތައް އުފައްދާ ފަރާތްތަކަށް އެ އުފެއްދުންތައް މާކެޓްކުރުމުގެ ފުރުސަތު ހުޅުވާލުމުގެ ގޮތުން ސިޓީ ކައުންސިލްގެ ފަރާތުން ދަނީ ވިލިމާލޭގައި ކޮމިއުނިޓީ ގާޑެނިން ގެ ނަމުގައި ޕްރޮގްރާމް އެއް ހިންގަމުންނެވެ. އަދި ކުރިޔަށް އޮތްތާ ވިލިމާލޭގައިވެސް މަސައްކަތްތެރިންނަށް ހާއްސަކޮށްގެން މިފަދަ އުފެއްދުންތައް މާކެޓް ކުރުމުގެ ފުރުސަތުތަކެއް އިތުރު ހޯދައިދިނުމުގެ ކަންކަން ރާވަމުން އަންނަކަމަށް ސިޓީ ކައުންސިލްއިން ބުނެ އެވެ.

52%
ކަމުގޮސްފި
9%
އަޑުއެހިތާ މިހުރީ
26%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް