ads
މީގެ ކުރިން ޗެނަލް13 ގެ އިސްވެރިންނާއި ބްރޯޑްކޮމްއިން ބައްދަލުކުރުން--
ޗެނަލް13 އަށް ފިޔަވަޅު އެޅުމަށް ސިޓީ ކައުންސިލުން ގޮވާލައިފި
މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުންނާއި ގުޅިގެން ޗެނަލް13 އިން ތައްޔާރުކުރި ރިޕޯޓަކީ ސިޓީ ކައުންސިލްގެ މުވައްޒަފުން ބަދުނާމުކުރަން ނެރެފައިވާ ރިޕޯޓެއް ކަމުން، އެ ޓީވީ ޗެނަލަށް ފިޔަވަޅު އެޅުމަށް ގޮވާލައިފި އެވެ.

ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ ޗެނަލް13 އިން 18 ފެބްރުއަރީގައި މާލޭ އާސަހަރާގައި މަސައްކަތްކުރާ މުވައްޒަފެއްގެ ފަރާތުން އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ ކުރިމަތިވަމުންދާ ކަމަށް ބުނެ ނެރެފައިވާ ރިޕޯޓަކީ ކަމުގެ ހަގީގަތް ނުބަލައި ނޫސްވެރިކަމުގެ މިންގަނޑާ ހިލާފަށް ކައުންސިލްގެ މުވައްޒަފުންނާއި ކައުންސިލް ބަދުނާމުވާ ގޮތަށް އެއްވެސް އަސާސެއް ނެތް ހިޔާލީ ވާހަތަކެއްގެ މައްޗަށް ބިނާކޮށް ނެރެފައިވާ ރިޕޯޓެއް ކަމަށެވެ.

ސިޓީ ކައުންސިލް ވަނީ ރައްޔިތުންނާއި ގުޅުންހުރި އެފަދަ ހައްސާސް ކަންތަކާއި ބެހޭގޮތުން ހަގީގަތާއި ހިލާފު މައުލޫމާތު ފަތުރާއި ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފައްދަން މަސައްކަތްކުރާ ފަރާތްތަކާއި މެދު އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް މުވައްސަސާތަކަށް ވެސް ގޮވާލާފަ އެވެ.

ޗެނަލް13 އިން ސިޓީ ކައުންސިލާއި ރައްޔިތުން ޖެހޭ ގޮތަށް އަދި ސިޓީ ކައުންސިލް ބަދުނާމުވާ ގޮތަށް ހަގީގަތާއި ހިލާފު ވާހަކަތަކެއް ހިމަނައި ދޮގު ރިޕޯޓެއް ނެރުމުން ކަންބޮޑުވުން ފާޅުކޮށް ސިޓީ ކައުންސިލުން ބުނީ، ޗެނަލް13 ގެ އެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. 

އެ ބަޔާނުގައި އިތުރަށް ބުނީ މާލޭގެ ރައްޔިތުން އިންތިހާބުކޮށް ޒިންމާތަކެއް މަތިކޮށްފައިވާ ބަޔަކު މަސައްކަތްކުރާ ގޮތާ ބެހޭ ގޮތުން އެއްވެސް ފަރާތަކުން މައުލޫމާތު ހާމަކުރާނަމަ އެ މަންދޫބުންގެ ބަސް ހޯދަން ޖެހޭނެ ކަމަށާއި އެކަމަކު އެފަދަ ބަހެއް ނުހޯދާއި، "މަކަރުވެރި" ގޮތަކަށް ދޮގު މައުލޫމާތު ފެތުރުމަކީ ޗެނަލް 13 އިން ޒިންމާދާރުކަން ކުޑަގޮތެއްގައި ކޮށްފައިވާ ކަމެއް ކަމަށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް