ads
ނިކް އާއި ޕްރިޔަންކާ
ނިކް، ފުރަތަމަ ޕްރިޔަންކާގެ މަންމައާ ބައްދަލުކުރީ ދަންވަރު ވަގުތު
ބޮލީވުޑް އިން އެންމެންގެ ހިތްތައް ކަތިލި ޕްރިޔަންކާ ވަނީ އޭނާގެ ކުޅަދާނަކަން ހޮލީވުޑްގަ ވެސް ދައްކާލާފައެވެ. ބެލުންތެރިންގެ ހިތްތައް ކަތިލި ޕްރިޔަންކާ ވަނީ މަޝްހޫރު ލަވަ ކިޔުންތެރިޔާ ނިކް ޖޯނަސްގެ ހިތުގެވެރިޔާ އަށް ވެފައެވެ.

ނިކް އަދި އޭނާގެ ލޯބީގެ ވާހަކަތައް ހަނދާން ކުރަމުން ޕްރިޔަންކާ ވަނީ އޭނާ ނިކްއާ ރައްޓެހިވެގެން އުޅުނުއިރުގައި މަންމައާ ބައްދަލުވި ގޮތުގެ ވާހަކަ ހިއްސާކޮށްފައެވެ.

އެގޮތުން ޕްރިޔަންކާ ބުނެފައި ވަނީ އޭނާގެ މަންމަ މަދޫ ޗޯޕްރާ ނިކްއާ ދިމާވީ ދަންވަރު އެކެއްޖެހި ފަހުން ކަމަށެވެ. އެގޮތުން އެރޭ ނިކް ގެއަށް ގެންދިއުމުގެ ކުރިން އޭނާ މަންމައަށް ވެސް ނުގުޅާކަމަށް ޕްރިޔަންކާ ހާމަކުރި އެވެ.

އެހެންކަމުން އޭނާ ގެއަށް ނިކް ގޮވައިގެން ދަންވަރު ގަޑީގައި ދިޔުމުން އޭނާގެ މަންމައަށް ލިބުނީ ހައިރާން ކަމެއް ކަމަށާއި އެހާ ދަންވަރު ފިރިހެން ކުއްޖެއް ގެއަށް ގެނައި ކީއްކުރަންތޯ އޭނާގެ މަންމަ ސުވާލު ކުރި ކަމަށް ޕްރިޔަންކާ ބުންޏެވެ.

your imageނިކް، ޕްރިޔަންކާ އަދި އޭނާގެ މަންމަ

އަދި ނިކް އަށް އޭނާގެ މަންމަ ފެނުނު އިރުގައި ހުރީ ނައިޓީއެއް ލައިގެން ކަމަށާއި އެހެންވެ މަންމަ އަވަހަށް ދުވެފައި ފާހަނާއަށް ދިޔައީ ކަމަށް ޕްރިޔަންކާ ބުނެ އެވެ، އަދި ރީތިވެގެން ނިކް އާ ރަނގަޅަށް ދިމާވެ ވާހަކަ ދެއްވީ ކަމަށް ޕްރިޔަންކާ ބުންޏެވެ.

ނިކްއާ ޕްރިޔަންކާގެ ލޯބީގެ މިސާލަކީ ގިނަ ބަޔަކު ވަރަށް ގިނައިން ނަގާ މިސާލެކެވެ. ނިކް ވަނީ އޭނާގެ އަނބިމީހާއާ ދުރުގައި ހުރި ނަމަވެސް މި ލޯބިވެރިންގެ ދުވަހުގައި ވެސް ޕްރިޔަންކާއަށް ސަޕްރައިޒްއެއް ދީފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
86%
ވަރަށް ސަލާމް
ކޮމެންޓްސް